މިހާރު ރާއްޖެ އިޝްތިހާރު ކުރަމުން ދަނީ ރައްކާތެރި ތަނެއް ކަމުގައި ދައްކައިގެން

Photo credit: MMPRC

މިހާރު ރާއްޖެ އިޝްތިހާރު ކުރަމުން ދަނީ، ރައްކާތެރި ތަނެއްކަމުގައި ދައްކައިގެންކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވިދާޅުވެއްޖެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގައި ރާއްޖެ އުފެދިފައިވާ ގޮތުންވެސް ރާއްޖެއަކީ ރައްކާތެރިތަނެއްކަމާ އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާ ކަމާއި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތަކުގެ އިތުރުން ރާއްޖެއިން ކުރެވޭނެ ތަފާތު އާ ތަޖްރބާތައް ދަކުވައިދެމުންދާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޓްރެވެލްއެޖެންޓުންނާއި ޓުއަރއޮޕަރޭޓަރުންނަށް ޚާއްޞަ ވެބިނާ ސީރީޒެއްވެސް ފަށްޓަވައިފައިވާކަމަށް ޕީއެސްއެމް (ރާއްޖެ މިއަދު) ގައި ވާހަކަ ދައްކަވަމުން ޠައްޔިބު ވިދާޅުވިއެވެ. މި ވެބިނާތަކަކީ ވިސިޓް މޯލްޑިވްސް، ރިޑިސްކަވަރ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދަވާ ވެބިނާތަކެކެވެ. ފަސްވަރަކަށް ވެބިނަރ ބޭއްވުމަށް ރާއްވަވައިފައިވާއރު މިތާނަށް ވަނީ ތިން ވެބިނާއެއް ބާއްވައިފައެވެ. އެފަދަ ވެބިނާތަކުގައި އިންޑަސްޓްރީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެން ރާއްޖެއިން ތަޖްރިބާ ކުރެވެން ހުރި އާކަންކަމުގެ މަޢުލޫމާތު ޙިއްސާ ކުރައްވަމުންގެންދަވާކަމަށް އެމްޑީ ޠައްޔިބް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖެއިން 100 އަށް ވުރެ ގިނަ އާތަޖުރިބާ ކުރެވެން ހުރިކަން ތައްޔިބް ފާހަގަ ކުރެއްވިއެވެ.

ޠައްޔިބް ވިދާޅުވީ ކޮވިޑާއެކު ރާއްޖެ އިޝްތިހާރު ކުރަމުން ގެންދަނީ ޑިޖިޓަލްކޮށް އޮންލައިން ޕްލެޓް ފޯމްތަކުގައި ކަމަށެވެ. އެގޮތުން ފުރަތަމަ ރާއްޖެ އިޝްތިހާރު ކުރުމުންދިޔައީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހަމްދަރުދީގެ މެސެޖްތައް، ވިޒިޓް މޯލްޑިވްސްގެ ނަމުގައިގައި ފޯރުކޮށްދީގެންނެވެ. ޗައިނާއާއި އެނޫންވެސް ޤައުމުތަކުގެ ސޯސަލް މިޑިއާ ޕްލެޓް ފޯމްތަކުގައި މިމެސެޖްތައް ފޯރުކޮށްދެމުން ގެންދެވިކަމަށް ވިދާޅުވިއެވެ. މިގެ އިތުރުން އޮންލައިންޕްލެޓް ފޯމްތަކުން ރާޖޭގެ ރީތިމަންޒަރު ހިލޭ ޑައުންލޯޑްކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖެހިގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ. ނަތީޖާއަކަށްވީ ކޮވިޑްގެ ލޮކްޑައުންގައި އެންމެ ގިނަ ބަޔަކު ސާރޗްކުރި ތަނަކަށް ރާއްޖެވުންކަން ފާހަގަ ކުރެއްވިއެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޠައްޔިބު ފާހަގަ ކުރެއްވިއެވެ.

މިހާރު ޑިމާންޑް އޮތް މާކެޓްތަކުގެތެރެގައި ލަޤްޒަރީ މާރކެޓާއި ޒުވާން ފަތުރުވެރިންނާއި އަދި ޑިޕްޕްލޮމެންޓުންވެސް ހިމެނޭކަމަށް ފާހަގަ ފާހަގަ ކުރެވިއެވެ. ޑިމާންޑް އޮތް ދާއިރާތައް ބައްލަވަނީ ރިސާރޗް ތަކާ ސާރވޭ ތަކަށް ބައްލަވައިގެންކަމަށް ވެސް ޠައްޔިބު ފާހަގަ ކުރެއްވިއެވެ.

ބޯޑަރު ހުޅުވާލުމުން ބޮޑެތި އެއަރލައިންތައް ރާއްޖެއަށް ދަތުރު ފެށުމާކީވެސް ލިބުނު ކުރިއެރުމެއްކަން ފާހަގަ ކުރެއްވިއެވެ. އަންނަ ބޭނުންވެފައިވާ ފަތުރުވެރިންނަށްވެސް ޤައުމުން ބޭރަށް ނުދެވުމާ އެނބުރި ޤައުމަށް ގޮސް ކަރަންޓީން ވާން ޖެހުންފަދަ ކަންކަން ހުރުމުން ދަތުރުކުރުމަށް ދަތިތައް ހުންނަކަން ފާހަގަ ކުރެއްވިއެވެ. އިތުރަށް ދަތުރުތައް ފުޅާ ކުރާނެކަމުގެ ފެހި ސިގްނަލް ބައެއް އެއަރލައިން ތަކުން ލިބިފައިވާކަން ވެސް ޠައްޔިބު ފާހަގަ ކުރެއްވިއެވެ. ބައެއް އެއަރލައިންތަކާ ގުޅިގެންވެސް އެމްއެމްޕީއާރުސީން ވަނީ ރާއްޖެ އިޞްތިހާރު ކުރުމުގެ ކެމްޕޭން ފަށްޓަވައިފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގިނަ އޮންލައިން ފެއަރތަކާއި ވެބިނާތަކުގައިވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ރާއްވަވައިއިފައެވެ. އަދި ރޭޑިއޯ މެދުވެރިކޮށް އިންޑިއާއަށް ޚާއްޞަ ކޮށް ކެމްޕޭނެއް ފެށުމަށް ވަނީ ހަމަޖައްސައިފައެވެ. މިހާރު އޫރިދޫއާއެކު ކުރިއަށް ގެންދާ ކެމްޕޭނަކީ ވެސް ވަރަށް މުހިންމު ކެމްޕޭނެއްކަން ޠައްޔިބް ފާހަގަ ކުރެއްވިއެވެ.

ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގައި އިންޑަސްޓްރީން ލިބޭ އެއްބާރުލުމާއި ފޮރިންމިނިސްޓްރީއާއި ބޭރުގެ އެމްބަސިތަކުންނާއި ޓޫރިޒަމް މިނިސްޓްރީންދެއްވާ އެހީތެރިކާމާއި އެއްބާރުލުން ޠައްޔިބު ވަނީ ފާހަގަ ކުރައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.