ޔޫއޭއީއަށް އެމެރިިކާއިން އެފް-35 މަތިންދާބޯޓު ވިއްކާތީ އިސްރާއީލުން ވަނީ ބަަދަލުގައި ކަންތަައްތަކެއް އެދިފައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމުކޮށް ދެގައުމުގެ ގުޅުން އާދައިގެ ހާލަތަކަށް ގެނައުމުގެ އެއް ސަބަބަކީ، ބުނެވޭ ގޮތުގައި، އެގައުމަށް އެމެރިކާގެ އަސްކަރީ އެންމެ ޒަމާނީ އެއް މަތިންދާބޯޓު އެފް-35 ވިއްކުމާ އިސްރާއީލުން ދެކޮޅުން ދެކޮޅު ހެދުން ދޫކޮށްލުމެވެ.

އެހެންނަމަވެސް، ދެ ގައުުމުން ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކުރުމަށް އެެއްބަސްވި ފަހުންވެސް، އިސްރާއީލުން އައީ ޔޫއޭއީއަށް އެމެރިކާއިން ޒަމާނީ އަސްކަރީ މަތިންދާބޯޓު ވިއްކުމާ ދެކޮޅުހަދަމުންނެެެވެ. ސަބަބަކީ އިސްރާއީލަށް މެދު އިރުމަތީގައި ލިބިފައި އޮތް އަސްކަރީ ކުރިއެރުމާ އެެހެން ގަައުމެއް އަަަރާ ހަމަކުރުމުގެ ފުރުސަތު ނުދިނުމެވެ.

އިސްރާއީލުގެ ޔަދިއޫތު އަހްރަނޫތު ނޫހުން ބުނާ ގޮތުގައި، ޔޫއޭއީއަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކުން އެމެރިިކާއިން ހުއްޓާނުލާނެ ކަމުގެ ޔަގީކަން އިސްރާއީލަށް މިހާރު ވަނީ ލިބިފައިވެ. އެހެންކަމުން، މިހާރު އިސްރާއީލުން އެދެމުން ދަނީ އެފް-35 ގެ އަސްކަރީ މަތިންދާބޯޓުތަކުން ޔޫއޭއީއަށް ލިބޭ އަސްކަރީ ކުރިއެރުމުގެ ބަދަލެއްގެ ގޮތުން އިސްރާއީލަށް އަސްކަރީ ކުރިއެރުން ދެމެހެއްޓޭނޭ ކަންތަކެއް އެެމެރިކާއިން ކޮށްދިނުމެވެ.

މިގޮތުން އިސްރާއީލު އެދޭ ކަންކަމުގެ ތެރޭގައި އެެމެރިކާއިން އިސްރާއީލަށް ކޮންމެ އަހަރަކު ދޭ ސަލާމަތީ އެހީގެތެރޭގައި ހިމަނައިގެން އެ ގައުުމުގައި މިހާރު ހުރި ޒަމާނީ ހަނގުރާމައިގެ އެންމެ ފަހުގެ ވަސީލަތްތައް އިސްރާއީލަށް ދިނުން އަވަސްކުރުން ހިމެނެއެވެ. އަދި އިސްރާއީލުގެ ލަޝްކަރުގެ ގާބިލުކަން މެދު އިރުމަތީގެ ހުރިހާ ގައުމަކަށްވެރެ ކުރީގައި ބެެހެއްޓުމަށް ޓަކައި އެންމެ ޒަމާނީ ހަތިޔާރު އިސްރާއީލުގެ އަސްކަރިއްޔާއަަށް ދިނުން ހިމެނެއެވެ.

އިސްރާއީލުގެ ނޫހުން ބުނެފައިވާ ގޮތުގައި އިސްރާއީލުން ވަނީ މިފަދަ ހަތިޔާރު އިސްރާއީލަށް ދިނުމަށް ކުރިން ނިންމާފައިވާ ތާރީޚަށްވުރެ އެއް އަހަރު ކުރިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށެވެ

ވޮޝިންޓަނުން ލިބޭ މައުލޫމާތުތައް ބުނާ ގޮތުގައި އެމެރިކާއިން މިހާރު ވަނީ އެފް-35 ގެ މަތިންދާބޯޓު ޔޫއޭއީއަށް ވިއްކުމަށް ނިންމާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.