މާސްކް ނާޅައި އުޅުނު 151 މީހުން ޖޫރިމަނާކޮށްފި

ފޮޓޯ: ޕޮލިސް މީޑިއާ

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަޙައްދުގަައި މާސްއެޅުން މަޖްބޫރުކުރިފަހުން އެއަމުރާ، ތަކުރާރުކޮށް ޚިލާފުވި 151 މީހުން ވަނީ ޖުރިމަނާ ކޮށްފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ވިދާޅުވި މިއަދުވެސް މާސްކްނާޅައިގެން 120 މީހަކަށް ނަޝޭހަތްދީ 19 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. މާސްކް އެޅުން މަޖްބޫރު ކުރިފަހުން މާސްކް ނާޅައިގެން 986 މީހަކަށް ވަނީ ނަޞޭހަތްތެރިވެފައެވެ.   

މާލެ ސަރަޙައްދުގައި މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތެވެ. ޖޫރިމަނާކުރަނީ ނަސޭހަތް ދިނުމުން ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކުރުމުން ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއެވެ. 

މާލެ ސަރަޙައްދުގެ އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް ޢަލުކުރަން ފެށީ މިމަހު ފުރަތަމަ ދުވަހުއެވެ. އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން ވަނީ މާސްކް އެޅުމުގެ އަމުރުން އިސްތިސްނާކޮށްފައެވެ

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ބަލި މީހުން ތިބި ރަށްރަށުގައި ވެސް އާންމު ތަންތަނުގައި މާސްކް އެޅުން މަޖްބޫރު ކުރުން ހިމެނެއެވެ. މީގެ އިތުރުން އެނޫން ރަށްރަށުގައި އާންމު ތަންތަނުގައި މާސްކް އެޅުމަށް އެޗްއީއީސީން އެދި ވަޑައިގަންނަވައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.