މަރާވީ ހަނގުރާމައިގެ ތިން އަހަރު ފަހުން ފިލިޕީންސް ސަރުކާރުން އެ ރަށުގައި 31 މިސްކިތް އަޅައިދެނީ

2017 ވަނަ އަހަރުގެ ހަނގުރާމައިގައި މަރާވީގެ ބޮޑު ބައެއް ހަލާކުވެފައި

ފިލިޕީންސްގެ ދެކުނުގެ ލަނާއޯ ޑެލް ސޫރް ޕްރޮވިންސުގެ މަރާވީގައި 2107 ވަނަ އަހަރުގެ ތެރޭގައި ހިނގި ވަރުގަދަ ހަނގުރާމައިގައި ހަލާކުވި 31 މިސްކިިތް އަޅައިދޭން ފިލިޕީންސް ސަރުކާރުން ނިންމައިފިއެވެ.

މަަރާވީގައި އިސްލާމީ ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން ދިޔަ އައިސިސްގެ ހަނގުރާމަވެރިން އެރަށުން ބޭރުުުުކުރުމަށް 2017 ވަަނަ އަހަރު މާރިޗު މަހުގެ ތެރޭގައި ފިލިޕީންސް ސަރުކާރުން ފެށި އޮޕަރޭޝަން ވަރުގަދަ ހަނގުރާމައަކަަށް ބަދަލުވެ ފަސް މަހަށް ދެމިގެން ގޮސްފައި ވެއެވެ. ފިލިޕީންސްގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ވަރުގަދަ ހަނގުރާމަ ނިމުނު އިރު މުޅިރަށް އޮތީ ސުންނާފަތި ވެފައެވެ. ހަނގުރާމަ އެންމެ ވަރުގަދަައަށް ހިނގި 4 އަކަކިލޯމީޓަރުގެ ތެރޭަގައި ހުރި އިމާރާތްތަކުގެ %90 ހުރީ ހަލާކުވެފައެވެ. ސަރުކާރު ސިފައިންނާއި، ހަނގުރާމަވެރިންނާއި އާއްމުންގެ ތެރެއިން ހާހަކަށްވުރެ ގިނަ މީހުން މަރުވެ، 1 ލައްކަ މީހުންގެ ގެދޮރު ގެއްލިިފައި ވެއެވެ.

މިސްކިތްތައް އިމާރާތްކުރަން ނިންމުމާ ގުޅިގެން މަރާވީ ސިޓީން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

"މިއީ އަހަރުމެން މަރުހަބާ ކިޔާކަމެއް. އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްެދުގެ ތެރޭގައި ހުރި މިސްކިތްތައް ބިނާކުރުމަށް މަރުހަބާ ކިޔަން. އެއީ އަހަރުމެންނަށް ވަރަށް މުހިއްމު ތަންތަނަށް ވާތީ." މަރާވީ ސިޓީ މޭޔަރު މަޖުލް ގަންދަމްރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސްްކިތްތައް ބިނާކުރުމަށް 105 މިލިއަން ފިލިޕީންސް ޕެސޯ (32.88 މިލިއަން ދިވެހި ރުުފިޔާ) ޚަރަދުވާއިރު، މިއީ ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތްކަމެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ލަސްވެގެން ނުވާނެއެވެ.

ހިއުމަން ސެޓްލްމަންޓް އެންޑް އާބަން ޑިވެލޮޕްމަންޓް ސެކްރެޓަރީ (މިނިސްޓަރު) އެޑުއާރްޑޮ ޑެލް ރޮޒާރިއޯ ދާދި ފަހުން މަރާވީއަށް ކުރި ޒިޔާރަތެއްގައި އޭނާ ވިދާޅުވެފައިވަނީ މިސްކިތްތައް އަޅަނީ ސީދާ ރައީސު ރޮޑްރިގޯ ޑުޓެރްޓޭގެ އަމުރުފުޅަށެވެ.

އަޅަން ނިންމާފައިވާ މިސްކިތްތަކުގެ ތެރެއިން 6 މިސްކިތެއްގެ މަސައްކަތަށް އިސްކަންދީގެން ނިންމަން ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.