ކަރަންޓީނުގައި ތިބި މީހުންނަށް ސްރީލަންކާގެ އިންތިޚާބުގައި ކުރިން ވޯޓުލެވޭ ގޮތް ހަދަނީ

ކަރަންޓީނުގަައި ތިބި މީހުންނަށް ސްރީލަންކާގައި 5 އޮގަސްޓުގައި ބާއްވާ އާއްމު އިންތިޚާބުގައި ކަރަންޓީނުގައި ތިބި މީހުންނަށް ކުރިން ވޯޓުލުމުގެ ފުރުސަތުދީ، އެ ގޮތަށް ވޯޓުލާނެ ދުވަހަކީ މި ޖުލައި މަހުގެ 31 ވަނަ ދުވަސް ކަމުގައި ހަމަަޖައްސައިފިއެެވެ. މިކަން އިއްޔެ ހާމަކުރެއްވީ ނޭޝަނަލް އިލެކްޝަންސް ކޮމިޝަނުގެ ޗެއާމަން މަހިންދަ ދެޝަޕްރިޔާއެވެ.

ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހަށް ކުރިއަށް އޮތް ފަސް އަހަރަށް 225 މެންބަރުން ހޮވުމަށް އޮގަސްޓު 5 ގައި ބާއްވާ އާއްމު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 މިލިއަން މީހުންނަށް ލިބިފައި ވެއެވެ.

މިނިވަން، އިންސާފުވެރި، ސުލްހަވެރި އިންތިޚާބެއް ފަސޭހަކަމާއެކު ބޭއްވުމަށް ކޮވިޑް- 19 ބަލިމަޑުކަމުން ކުރިމަތިވާ ސިއްހީ ގޮންޖެހުންތަކުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ހުރަސްއެޅިފައެވެ.

"ކަރަންޓީނުގައި ތިބި މީހުނަށް ކުރިން ވޯޓުލެވޭނެ ތާރީޚެއް ކަނޑައަޅަން މި ބަލިމަޑުކަމުގެ ސަބަބުން ކޮމިޝަނަަށް ވަނީ މަޖުބޫރުވެފައި." ދެޝަޕްރިޔާ ވިދާޅުވިއެވެ.

"ކަރަންޓީނުގައި ތިބި މީހުންނަށް މިހާރު 31 ޖުލައިގައި ވޯޓުލުމުގެ ހުއްދަދެވޭނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަރަންޓީނުގައި ތިބި މީހުންގެ ޒާތީ މައުލޫމާތު ޚަބަރުފަތުރާ ވަސީލަތްތަކަށް ހާމަނުކުރާނެ ކަމަށެވެ.

މިއިންތިިޚާބު ވެެގެން ދާނީ ސްރީލަންކާގައި ކުރިން ވޯޓުލުމުގެ ފުުރުސަތުދެވޭ ފުރަތަމަ އިންތިޚާބަށެވެ.

ރައީސު ގޮތާބޭ ރާޖަޕަކްސަ ވަނީ ގާނޫނުހަދާ މަޖިލީހުގެ ދައުރު ހަމަވުމުގެ ހަ މަސް ކުރިން، މާރިޗު 2 ވަނަ ދުވަހު، އެ މަޖިިލިސް އުވާލައްވައި އެޕްރީލު 25 ގައި އިންތިޚާބު ބާއްވަވަން ނިންމަވާފައެވެ. އެހެންނަމަވެސް، ކޮވިޑް- 19 ގެ ސަބަބުން ޖޫން 20 ވަނަ ދުވަހަށް ލަސްކުރުމަށް ފަހު، އެ ދުވަހުވެސް ނުބޭއްވި، މިހާރު އިންތިޚާބު ބާއްވަން ނިންފާއި ވަނީ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުއެވެ.

ސްރީލަންކާގައި މިހާތަނަށް 2 ހާސް 700 އަށްވުރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާއިރު، އެ ބަލީގައި 11 މީހަކު ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.