86 އަހަރަށް ފަހު އާޔާ ސޯފިޔާގައި ކުރެވުުނު ފުރަތަމަ ހުުކުރު ނަމާދުގެ ކުރިން އެރްދޮޣާންގެ ޤުރްއާން ކިޔަވާވިދާޅުވުން

އާޔާ ސޯފިޔާގައި މިއަދު ހުކުރު ނަމާދުު ކުރަނީ

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ތާރީޚީ މިސްކިތް އާޔާ ސޯފިޔާ ގްރޭންޑް މޮސްކުގައި 86 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ހުކުރު ނަމާދުކޮށްފިއެވެ. މިއީ އާޔާ ސޯފިޔާ މިއުޒަމަކަށް ބަަދަލުކުރަން ނިންމާފައި އޮތް ނިންމުން ބާޠީލުކަމަށް ތުރުކީގެ ކޯޓަކުން ނިންމުމާ ގުޅިގެން އެތަނުގައި ނަމާދުކުރުމަށް އާއްމުކޮށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

މިއަދުއޮތް ހުުކުރު ނަމާދުގެ ޖަމާއަތަށް މިސްކިތުގެ ތެރެއަށް ވެއްދީ އެއްހާސް މީހުންެނެެެވެ. އެހެންނަމަވެސް، އެތައް ހާސް ބަޔަކު ވަނީ މިސްކިތުގެ ބޭރުގައި މުސައްލަ އަޅައިގެން ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެފައެވެ.

ތުރުކީގެ ޕްރެޒިޑެންސީ އޮފް ރެލިޖަސް އެފެއާޒް (ދިޔާނަތު)ގެ ރައީސު ޢަލީ އަރްބާޝް އިމާމުވެ ހުކުރު ނަމާދު ކުރެއްވި އިރު، ނަމާދުގެ ކުރިން މަޝްހޫރު ޤާރިންގެ ޤުރްއާން ކިޔެވުން އޮތެވެ. ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވެސް ވަނީ ޤުރްއާން ކިޔެވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

"މިއަދަކީ ތަކްބީރާއި، ޞަލަވާތުގެ އަޑު އާޔާ ސޯފިޔާގެ ގުއްބަަތަކުގައި ގުގުމާލާ ދުވަސް. އެތަނުގެ މުންނާރުތަކުން ބަންގީގެ އަޑު އިވިގެންދާ ދުވަސް. މިއަދަަކީ މުއުމިނުން އުފަލުގެ ކަނުރަައާއެކު ނަމާދަށް ތެދުވެ ތިބި ދުވަސް. ޝުުކުރުވެރިކަމާއެކު ސަޖިދަކުރާ ދުވަސް. މިއަދަކީ ޝަރަފާއި، ހިތްތިރިކަމުގެ ދުވަސް." މިއަދުގެ ޚުޠުބާގައި ޢަލީ އަރްބާޝް ވިދާޅުވިއެވެ.

"އާޔާ ސޯފިޔާ ގްރޭންޑް މޮސްކަކީ މުޅި އިންސާނިއްޔަތުގެ ސަގާފީ ތަރިކައެއް. މިތަން ކުރިން ވެސް ހުރީ މިސްކިތެއްގެ ގޮތުގައި. އަނެއްކާވެސް މިސްކިތަކަށް މިި ބަދަލުކުރެވުނީ. އާޔާ ސޯފިޔާގެ ވަށައިގެންވާ ސަރަހައްދުގައި ގާތްގަނޑަކަށް 3 ލައްކަ 40 ހާސް މީހުން ވަނީ (ހުކުރު) ނަމާދުގައި ބައިވެރިވެފައި." ހުކުރު ނަމާދަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވިއެވެ.

މީލާދީން ހަވަނަ ގަރުނުގައި އޯތޮޑޮކްްްސް ނަސާރާއިންގެ ފައްޅިއެއްގެ ގޮތުގައި ބިނާކުރެވުނު އާޔާ ސޯފިޔައަކީ ޔުނެސްކޯގެ ދުނިޔޭގެ ސަގާފީ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަނެކެވެ.  916 އަހަރު ފައްޅިއެއްގެ ގޮތުގައި ބޭނުންކުރެވުނު މި ބޮޑު އަދި ރީތި އިމާރާތް ވަނީ މުޙައްމަދު އަލްފާތިޙު އިސްތަންބޫލު ފަތަޙަކުރެއްވުމަށް ފަހު މީލާދީން 1435 ވަނަ އަހަރު މިސްކިތަކަށް ބަދަލުކުރައްވާފައެެވެ. އެ ދުވަހުއްސުރެެ، ތުރުކީގައި ޢަލްމާނީ (ސެކިއުލާ) ދައުލަތެއް ޤާއިމުކުރެއްވި މުސްޠަފާ ކަމާލް އަތާތުރްކު 1935 ވަނަ އަހަރު އެތަން މިއުޒިމަކަށް ބަދަލުކުރައްވަންދެން އެތަން ބޭނުންކުރެވެމުން އައީ މިސްކިތެއްގެ ގޮތުގައެެވެ.

މިސްކިތެއްްގެ ގޮތުގައި ބޭނުންކުރަން ފެށުނަސް، އާޔާ ސޯފިޔާ ސަގާފީ ތަރިކައެއެްގެ ގޮތުގައި ފަތުރުވެރިންނަށް ދައްކާލަން ހުޅުވިފައި ހުންނާނެއެވެ. އެތަނުގައި ނަމާދުކުރުމުގެ ކަންތައް ދިޔާނަތުން ބެލެހެއްޓި ނަމަވެސް، ސަގާފީ ތަރިކައެއްގެ ގޮތުގައި އެތަން ބަލަަހައްޓައި މަރާމާތުކުރާނީ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓްރީންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.