މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވީ 17 މީހުން

މިއަދުރާއްޖެއިން ކޯވިޑަް-19 އަށް ޕޮޒިޓިވްވީ 17 މީހުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިންނެވެ. ޕޮޒިޓިވް އިތުރު މީހުންގެ ތެރޭގައި ހިމެނެނީ 6 ބަނގްލަދޭޝީންނާއި އިންޑިއާ މީހެކެވެ. މިއަދަދާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 3120 އަކަށް އަރާފައެވެ.

މިހާރު ބަލިޖެހި ފަސޭހަ ނުވެ ތިބީ 626 މީހުންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 2428 އެވެ. މިހާތަނަށް ރާއްޖެއިން 70050 މީހަކު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.  ކޮވިޑްގައި މަރުވެފައިވަނީ 15 މީހުންނެވެ.

ފަހަކަށް އައިސް ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން ގޮސް މިއަދަކީ ތަންކޮޅެއް މަދުން ޕޮޒިޓިވްވީ ދުވަހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.