ޖޯ ބައިޑަން އެމެރިކާގެ މުސްލިމުންނާ ބައްދަލުުކުރައްވައިފި

މިއަހަރު ފަހުކޮޅު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގަައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑަން އެމެރިކާގެ މުސްލިމުންގެ ބަޔަކާ ބައްދަލުލިރައްވައިފިއެެވެ. މިއީ އެމެރިކާގެ ތާރީޚުގައި ޑިމޮކްރެޓިކް ޕާޓީގެ ވެސް އަދި ރިޕަބްލިކަން ޕާޓީގެ ވެސް ކެންޑިޑޭޓަކު އެމެރިކާގެ މުސްލިމުންނާ ބައެްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިިކާގެ މުސްލިމުންެގެ ހައްގުތަކަށްޓަކައި މަސަައްކަތްކުރާ ޖަމާއަތެއް ކަމުގައިވާ އެމްގޭޖް އެކްޝަންއިން އިންތިޒާމުކޮށްގެން "މިލިއަން މުސްލިމް ވޯޓާސް ސަމިޓް" ގެ ނަމުގައި ބޭއްވި ވާޗުއަލް ބައްދަލުވުމުގައި 3 ހާހެއްހާ މުސްލިމުން ބައިވެރިވެފައި ވެއެވެ. ފާއިތުވި އެޕްރީލް މަހު އެމްގޭޖުން ވަނީ ބައިޑަންއަަށް ތާއީދުކުރާކަން ހާމަކޮށްފައެެވެ.

އެމެރިކާގެ މުސްލިމުން ވޯޓު ހޯއްދެވުމަށްޓަކައި ބައިޑަން ވަނީ މުސްލިމުންގެ ތާއީދު ލިބޭފަދަ ވާހަކަފުޅުތަކެއް މި ބައްދަލުވުމުގައި ދައްކަވާފައެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ މުޖުތަމައު ބިނާކުރުމުގައި މުސްލިމުންގެ ހިއްސާ ބޮޑުނަމަވެސް، މުސްލިމުންނާ މެދު އެމެރިކާގައި ނަސްލީ ތަފާތުކުރުން ގެންގުޅެފައިވާ ކަމުގައެވެ. އަދި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ދަތުރުުުން މަނާކޮށްފައި އޮތް އޮތުންެވެސް އޭނާގެ ވެރިކަމުގައި އުވާލައްވާނެކަމަށް ބައިޑަން ވިދާޅުވިއެެވެ.

އޭނާ ވަނީ އިސްލާމްދީނާމެދު އެމެރިކާގެ ސްކޫލްތަކުގައި އިތުރަށް ކިޔަވައި ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

"އިސްލާމްދީނާ މެދު އަހަރުމެންގެ ސްކޫލްތަކުގައި އިތުރަށް ކިޔަވާދޭނެނަަމައޭ އަހަރެން ހިތަށް އަރާ. ބައިޑަން ވިދާޅުވިއެވެ.

"އަހަރުމެން ތިބީ މުސްލިމުން ވިލަރެސްކުރާ، އާއްމުންނަށް ފެންނަ ގޮތަށް ބާއްވާ ބައްދަލުުވުމެއްގައި ބައިޑަން ބައިވެރިވެވަޑައިގަތުމަށް ބޭނުންވެފައި. އަހަރުމެން މިވަނީ މިކަމުގައި ކާމިޔާބުވެފައި." މި ބައްދަލުވުމާ ބެހޭގޮތުން ވޮއިސް އޮފް އެމެރިކާ ރޭޑިޔޯގައި ވާހަކަދައްކަވަމުން އެމްގޭޖް އެކްޝަންގެ ރައީސު ވާއިލު އައްޒައްޔާތު ވިދާޅުވިއެެވެ.

ޖޯ ބައިޑަން ވަނީ އިސްރާއީލުން ފަލަސްޠީނު ބިންތަކާމެދު އިސްރާއީލުން އެކަނި ނިންމާ ނިންމުން ބަލައިނުގަނެވޭނޭ ކަމަށާއި، ޑިމޮކްރެޓިކް ޕާޓީން އަބަދުވެސް ތާއީދުކުރަނީ ދެ ދައުލަތުގެ ޙައްލަށް ކަމަށްވެސް ވިދާޅުވެފައެެވެ.

އެމެރިކާގައި މުސްލިމުންގެ އަދަދު އަދި އޭގެތެރެއިން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު ޔަގީންކޮށް ނޭނގެއެވެ. އެހެންނަމަވެސް، ލަފާކުރެވޭ ގޮތުގައި އެމެރިކާގައި 6 މިލިއަނެއްހާ މުސްލިމުން ދިރިއުޅެއެވެ. އަދި އޭގެތެރެއިން މިލިއަނެއްހާ މީހުންނަށް ވޯޓުލުުމުގެ ހައްގު ލިބިގެން ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.