އިޒްރޭލާއި ދިވެހިރާއްޖެއާ ގުޅުން ބާއްވަން ޖެހޭ ސަބަބެއް ނުވިސްނޭ: މެންބަރު ސަލީމް

ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، އޮތް ގުޅުމެއް ކަނޑައިލަން ފެނިވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވިލިގިލީ ދާއިރާގެ މެންބަރު ސަޢުދު އިބްރާހީމް ހުށަހެޅުއްވި ގަރާރަކަށް ވާހަކަފުޅު ދައްކަވަމުންނެވެ. މި ގަރާރަކީ ފަލަސްތީނު ރައްޔިތުންނަށް ލިބޭ އަނިޔާ ހުއްޓުމަކަށް ގެންނާން ބާރު އެޅުމުގެ ގޮތުން އޭނާ ހުށަހެޅުއްވި ގަރާރެކެވެ.

ގަރާރާމެދު ވާހަކަފުޅު ދައްކަވަމުން އަޙްމަދު ސަލީމް ވިދާޅުވެފައި ވަނީ ފަލަސްތީނު ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލާއި ލިބެމުންދާ އަނިޔާއަކީ ދުނިޔޭގެ އެއްވެސް ތަނަކުން އެކަހަލަ ކަމެއް ނުފެންނަވަރުގެ ކަންކަމެވެ. އިޒްރޭލަކީ އެއިން ކަމަކާ މެދު ވިސްނާ ގައުމެއް ނޫން ކަމަށާއި މިހާރުވެސް ބިންތައް ހިފައި ހާހުން މިލިއަނުން ގެއަޅަމުން ގެންދާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ކޯފާގެ ރާގެއްގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާގައި އެމެރިކާގެ މިހާރުގެ ސަރުކާރުން ފުރިހަމައަށް އެހީތެރިވަމުން ގެންދާ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.