ބަހަށް އެރި މީހުންނަށް މާސްކު އަޅަން އެންގީތީ ޑްރައިވަރު ގައިގައި ތަޅައިގަތުމުން އޭނާ މަރުވެއްޖެ

މަރުވި ބަސް ޑްރަައިވަރަށް އިންސާފު ހޯދައިދިނުމަށް އެދި މުޒާހަރާކުރަނީ

ފްރާންސުގައި ބަހަކުން ދަތުރުކުރުން އެރި މީހުންނަށް، ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެ ގައުމުގައި އަމަލުުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް، މާސްކު އަޅަން އެންގުމުން އޭގެެތެރޭން ބައެެއް މީހުން އޭނާ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފިއެެވެ. އޭނާގެ އާއިލާއިން ފަހުން ބުނިގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

ޑްރައިވަރަށް ހަމަލާދިން 'ފިނޑިން' ކުށްވެރިކޮށް ސިޔާސީ ފަރާތްތަކުން ދަނީ އޭނާއަށް ތައުރީފުކުރަމުންނެވެ.

ފްރާންސުގެ ހުޅަނގު ދެކުނުގެ އަވަށެއް ކަމުގައިވާ ބަޔޯންގައި ދިން މި ހަމަލާގަައި ޑްރައިވަރު، އުމުރުން 59 އަހަރުގެ ފިލޮޕޭ މޮންގުއިލޯގެ ސިކުނޑި ވަނީ މަރުވެފައެވެ. އޭނާގެ އަންހެން ދަރިފުޅު މޭރީ ބުނި ގޮތުގައި ބައްޕަ މަރުވީ ލައިފް ސަޕޯޓް ސިސްޓަމް އޮފްކޮށްލުމުންނެވެ.

"އަހަރުމެން ނިންމީ އޭނާ ދާން ދޫކޮށްލަން. ޑޮކްޓަރުން ތިބީ އެގޮތަށް ތާއީދުކޮށްގެން. އަހަރުމެންވެސް ތިބީ އެހެން." އޭނާ ބުންޏެވެ.

މީހަކު މަރާލަން އުޅުުމުގެ ކުށުގައި ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ޕްރޮސެކިއުޓަރުން ދަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެމީހުންގެ މައްޗަށް އުފުލުމަށް މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ އިރުޝާދުތަކަށް އަމަލުކުރަން އެހެން މީހުންނަށް އެންގުމުގެ ސަބަބުން ފުރާނަ ގެއްލުުނު ޑްރައިވަރަށް ފްރާންސުގެ ބޮޑުވަޒީރު ވަނީ ތައުރީފުކޮށްފައެވެ.

"(ފަރަންސޭސި) ޖުމްހޫރިއްޔާއިން އޭނާއަކީ ނަމޫނާ ރައްޔިތެއްކަން ގަބޫލުކުރޭ. އަދި އޭނާ ހަނދާން ނައްތާނުލާނެ. މި ހުތުރު އަމަލު ހިންގި މީހުންނަށް ގާނޫނުން އަަދަބުދޭނެ." އޭނާ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

މި ހަމަލާއަށް ފަހު އެރަށުގެ ޑްރައިވަރުން ވަނީ ބަސް ދުއްވުމަށް ދެކޮޅު ހަދާފައެވެ. އަދި ސަލާމަތީ ކަންކަން ވަރުގަދަކުރުމުން ހޯމަ ދުވަހު ބަސް ދުއްވަން ފެށުމަށް ޑްރައިވަރުން ވަނީ އެއްބަސްވެފައެވެ. މިގޮތުން ބަސްތަކުގައި ސެކިއުރިޓީ އެޖެންޓުން ބައިތިއްބާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.