ދައުލަތާ ދެކޮޅަށް ހުށަހެޅުނު 66 މައްސަލައެއްގައި މިއަހަރު ދައުލަތުން ވަކާލާތުކުރި 

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ 465 އަޑުއެހުމަށް ހާޒިރުވެ 126 މައްސަލައެއްގައި ދައުލަތުން ވަކާލާތުކޮށްފައިވާނެކަމަށް ބަންޑާރަނާއިބް އޮފީހުން ހާމަކޮށްފިއެވެ.

 ބަންޑާރަނާއިބް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ދައުލަތުން ވަކާލަތުގެ ކުރި މަސައްލަތަކުގެ ތެރެއިން 60 މައްސަލައަކީ ދައުލަތުން ދައުވާ ކުރި މަސައްލަ ތަކެވެ. އަދި 66 މައްސަލައަކީ ދައުލަތަށް ރައްދުވާ ނުވަތަ ދައުލާތާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލަތަކެވެ. ދައުލަތަށް ރައްދުވާ މައްސަލަތަކާއި ދައުލަތުން ދައުވާ އުފުލައިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ވަކާލާތުކުރައްވައިފައިވަނީ ސިވިލް ކޯޓްގައި ހިންގަމުންދިޔަ  މައްސަލަތަކުގައެވެ. ފާއިތުވި ހަމަސް ދުވަހު ސިވިލް ކޯޓްގައި ދައުލަތުން ވަކާލާތުކުރި 32 މައްސަލައަކީ ދައުލަތުން ދައުވާ އުފުލި މައްސަލަތަކެވެ. އަދި 46 މައްސަލައަކީ ދައުލާތާ ދެކޮޅަށް ހުށަހަޅައިފައިވާ ނުވަތަ ދިފާޢުގައި ވަކާލާތު ކޮށްފައިވާ މައްސަލަތެކެވެ. ފާއިތުވި ހަމަސް ދުވަހު ސިވިލް ކޯޓްގައި ދައުލަތުން ވަކާލާތުކުރި 32 މައްސަލައަކީ ދައުލަތުން ދައުވާ އުފުލި މައްސަލަތަކެވެ. އަދި 46 މައްސަލައަކީ ދައުލާތާ ދެކޮޅަށް ހުށަހަޅައިފައިވާ ނުވަތަ ދިފާއުގައި ވަކާލާތު ކޮށްފައިވާ މައްސަލަތެކެވެ.

ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ދައުލަތުން ވަކާލާތުކުރި މައްސަލަތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައީ  ފެމެލީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލަތަކެވެ. ފެމެލީ ކޯޓްގައި ދަލަތުން ވަކާލާތު ކުރި މައްސަލައަކީ ދައުލަތުން ދައުވާ އުފުލި މައްސަލަތަކެވެ. ދައުލަތުން ދައުވާ އުފުލައި ދައުލަތުން ވަކާލާތު ކުރި މައްސަލަތަކަށް ބަލާއިރު އިތުރަށް ހިމެނެނީ ހައިކޯޓްގައި ކުރިއަށް ދިޔަ ތިން މައްސަލައަކާއި ސްޕްރީމްކޯޓްގައި ކުރިއަށްދިޔަ މައްސަލައެކެވެ.

ދައުލާތާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލަތަކުގައި ދިފާއުގައި ވަކާލާތު ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައީ ހައި ކޯޓްގައި ކުރިއަށް ދިޔަ މައްސަލަތަކެވެ. ދައުލަތާ ދެކޮލަށް ހައިކޯޓްގައި ކުރިއަށް ދިޔަ 11 މައްސަލައެއްގެ ދިފާޢުގައި ބަންޑާރަ ނާއިބް އޮފީހުން ވަނީ ވަކާލާތު ކޮށްފައެވެ. މެޖިސްޓްރޭޓް ކޯޓްތަކަށް ދައުލަތާ ދެކޮޅަށް ހުށަހެޅުނު ހަތް މައްސަލައެއްގައިވެސް ބަންޑާރަނާއިބް އޮފީހުން ވަނީ ވަކާލާތު ކޮށްފައެވެ. އަދި ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގައި ދައުލަތާ ދެކޮޅަށް ކުރިއަށް ދިޔަ ދެމައްސަލައެއްގައިވެސް ވަނީ ވަކާލާތުކޮށްފައި ކަން ބަންޑާރަ ނާއިބް އޮފީހުން މާހަކޮށްފައިވާ ފާއިތުވި ހަމަސް ދުވަހުގެ ތަފާސް ހިސާބުތަކުން އެނގެއެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު އެންމެ ގިނަ އަޑު އެހުންތަކަށް ބަންޑާރަނާއިބް އޮފީހުން ހާޒިރުވެފައިވަނީ ޖަނަވަރީމަހުގައެވެ. ޖަނަވަރީ މަހު ވަނީ 143 މައްސަލައެއްގައި ވަކާލާތު ކޮށްފައެވެ. ފެބުރައރީގައި 125 މައްސަލައެއްގައި ވަކާލާތު ކޮށްފައި ވާއިރު މާރޗްމަހު ވަނީ 127 މައްސަލައެއްގައި ވަކާލާތު ކޮށްފައެވެ. މާރޗް މަހުގެ މެދު ތެރެއިން ފެށިގެން  އަޑުއެހުންތަކަށް ކޮންމެ ވެސް ވަރެއްގެ މަޑު ޖެހުމެއް އައުމަށް ފަހު  ޖޫން މަހުގެތެރޭގައި ވަނީ 64 އަޑު އެހުމަކަށް ހާޒިރުވެފައިކަން ބަންޑާރަ ނާއިބް އޮފީހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ބަންޑާރަނާއިބް އިބްރާހީމް ރިފްޢަތު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި މަސްތަކަކީ ހުރިހާ ގޮތަކުން ވެސް ދަތި އުދަނގޫ ދުވަސް ވަރެއް ކަމަށެވެ. މަސައްކަތްކުރުން ވެސް އައު ގޮތްތަކަކަށް ބަށްޓަންކުރަން ޖެހުނު ކަމަށެވެ. ޤާނޫނީ ލަފާ ދިނުމާއި  މައްސަލަތަކާ ގުޅިގެން  މުވައްޒަފުން ރެޔާއި ދުވާލު ކުރި އިޚްލާޞްތެރި މަސައްކަތަށް ޝުކުރާއި ތަޢުރީފު ޙައްޤުކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.