ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ދެ ދިވެހިން ދޫކޮށްލައިފި

ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ދެ ދިވެހިން ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ދެމީހުން ދޫކޮށްލައިފައިވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. އެ ދެމީހުން ދޫކޮށްލިނަމަ ވެސް އެމައްސަލައިގެ ތަޙްޤީޤް ކުރިއަށް ދާކަމަށް ފުލުހުން ވިދާޅުވިއެވެ. ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިމަހު 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރުކަމަށްފުލުހުން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.