ފާއިތުުވި 24  ގަޑިއިރުތެރޭގައި 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 17  މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ޕޮޒިޓިވްވީ 17 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 2277 އެވެ. ބަލިން ރަނގަޅުވި ނުވަ މީހުންނާއެކު ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދަކީ 1848 މީހުންނެވެ. މިވަގުތު ބަލި ޖެހިފައިތިބީ 416 މީހުންނެވެ. ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވުނު މީހުންގެ ޢަދަދަކީ  46،182 އެކެވެ.  ބަލީގައި މަރުވީ އަށް މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.