ކުޑަ ކުއްޖަކާ މެދު ބަދު އަޚްލާގީ އަމަލު ހިންގި މީހާ ތަހުގީގަށް ހާޒިރުވާން އަންގައިފި

ކުޑަ ކުއްޖަކާ މެދު އަޚްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފިއެވެ. އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ޖުލައި މަހުގެ 2ވަނަ ދުވަހު ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށެވެ.

ތަހުގީގަށް ހާޒިރުވާން އެންގި ފަރާތަކީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 33 އަހަރުގެ އެމްޑީ އިދްރީސް އެވެ. އޭނާ ހާޒިރުކުރަނީ އުމުރުން 18 އަހަރުގެ ކުޑަކުއްޖަކާ މެދު ބަދު އަޚްލާގީ އަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މީހާ ހޯދަން އިއުލާންކޮށްފައިވަނީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރެވިފައިނުވާތީ ކަމަށް ފުލުހުން ހާމަކުރެއެވެ. ޗިޓު ހަވާލުކުރެވިފައިނުވަނީ އެ މީހާ އަކީ ސްޕޮންސަރަށް ވެސް ފިލައިގެން އުޅޭ މީހަކަށް ވާތީއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.