ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓާނަން: ރައީސް

ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމާއި ސަރުކާރުގައި ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޯލިޝަން ސަރުކާރުގެ މުސްތަގްބަލާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހައުސިން މިނިސްޓްރީ އުވާލެއްވުމާއި އަދި ކޯލިޝަންގެ ބައްދަލުވުންތައް ބާއްވާމުން ނުގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވައި ނޫސްވެރިޔާ ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އެހެންކަމުން ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކޯލިޝަން ދެމެހެއްޓެވުމަށް އެމަނިކުފާނަށް ކުރައްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. މި ސަރުކާރު ދެމިއޮންނާނީ ކޯލޝަން ސަރުކާރެއްގެ ގޮތުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.  

ހައުސިން މިނިސްޓްރީ އުވާލެއްވުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ މިނިސްޓްރީ އެ މިނިސްޓްރީ އުވާލެއްވީ ހައުސިން އާ ޕްލޭނިން މިނިސްޓްރީއިން ކުރަމުން ދިޔައީ ދާދި އެއް މަސައްކަތެއް ކަމަށް ގަބޫލުފުޅުކުރެއްވިގެން ކަމަށެވެ. އެގޮތުން ހައުސިންގެ ބޮޑުބައި އަދާކުރަމުން ދިޔައީ އެޗްޑިސީއާއި އެފްޑީސީން ކަން ފާހަގަކުރެއްވިއެވެ. އެ ބަދަލަކީ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ހައުސިން މިނިސްޓަރ އާތިފާ ޝުކޫރުގެ މަސައްކަތްޕުޅަށް އެކަމަނާއާއި އެމްއާރްއެމް އަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.