ޖުލައި މަހުގެ 15ވަނަ ދުވަހު ބޯޑަރު ހުޅުވާލަނީ

އަންނަ ޖުލައި މަހުެގ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަސް ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޖަބަރު ފަތުރާ ފަރާތްތަކަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ޖުލައި މަހުގެ ފަނަރަވަނަ ދުވަހު ބޯޑަރު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށް ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތައް ހުޅުވައިލެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯޑަރު ހުޅުވާލުމާއެކު ރިސޯޓުތައް ހުޅުވުމުގެ ހުއްދަވެސް ދެވޭނެކަމަށެވެ. އަދި އަންނަ އޯގަސްޓު މަހު ގެސްޓޫ ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ބޯޑަރު ހުޅުވާލާއިރު ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި ގައުމެއް ކަމަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމުގައިވާ ޖަރުމަނު ވިލާތުން ކަނޑައަޅާފައިވުމެވެ. އަދި މި ސަރަހައްދުން ވެސް ދަތުރުކުރަން ރައްކާތެރި ހަމައެކަނި ގައުމަކީ ރާއްޖަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީއި އިތުރަށް މިހާރު ދުބާއީން ވެސް ރާއްޖެއަކީ ރައްކާތެރި ގައުމެއްކަމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ވިސްނުންފުޅަކީ އިގްތިސާދީ އަވަސް ރިކަވަރީއަކަސް ވާސިލުވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ބައިވެރިވުމާއެކު ޓާސްކްފޯހެއް އެކުލަވާލެވިފައިވާ ކަމަސް ވެސް ވިދާޅުވިއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.