ގެމަނަފުށީ ކޭސްއާ ގުޅުންހުރި 13 މީހަކު ކަރަންޓީނުގައި

ހުކުރު ދުވަހު ގެމަނަފުށިން ކޯވިޑް ޖެހުނު މީހާއާ ސީދާ ދިމާވި 13 މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެންއީއޯސީގައި މިރޭ  ތބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ މި 13 މީހުންނަކީ އިއްޔެ ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު 13 މީހުން ކަމަށެވެ. 

މަބްރޫކް ވިދާޅުވި ގޮތުގައި މި 13 މީހުންގެ ތެރޭގައި އެ މީހާއާ އެކު ދަތުރުކިުރި ދެ މީހަކު ހިމެނޭ ކަމަށެވެ. އަދި އެ ދެ މީހުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ އިތުރަށް މާމެންދޫ އިން މީހަކާއި އަދި މާލެއިން 5 މީހަކާއި ގެމަނަފުށިން 5 މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ގެމަނަފުށިން ކަރަންޓީނުކުރެވުނު 5 މީހުންނަކީ އެ މީހާއާ އެއް ފްލައިޓުން ދަތުރު ކުރި މީހުންކަމަށެވެ. އަދި މާލެއްިން ކަަރަންޓީނުކުރެވުނީ އެމީހާ އާ ބައްދަލުވި ބަޔަކާ އަދި އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުއައްޒަފުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.