3 ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

3 ފުލުހަކު މަގާމުން ވަކިކޮށް އެކެއްގެ މަގާމު ދަށް ކުރުމަށް ފުލުހުންގެ މުއައްސަސާއިން ނިންމައިފިއެވެ. މި ހަތަރު ފުލުހުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 5ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކަށް އަނިޔާކޮށްފައިވާތީ ކަމަށް އެ މުއައްސަސާ އިން ހާމަކުރެއެވެ. 

ފުލުހުންގެ މުައައްސަސާއިން ހަމާކުރި ގޮތުގައި އެމީހާ ފލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ މަސްވެރިންގެ ޕާކުގަިއ ހުރި ސައިކަލެއް ވަގަށް ނަގަން އުޅުނުކަމަށް ތުހުމަތުކުރެވިގެންނެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ހަތަރު ފުލުހުންގެ މައްސަލަ ބަލާފައިވަނީ އެ މީހައަށް ފުލުހުން އަނިޔާކޮށް ކަރާމާތަށް އނިކަން ލިބޭފަދަ އަމަލުތައް ކޮސްފައިވާ ކަމަށް ހުށަހެލުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ތަހުގީގު ކޮށް އެ ކޮމާނުންޑުން ފުލުހުންގެ ޑިސިޕލިނަރީ ބޯޑަށް ހުށަހެޅުމުން އެ 4 ފުލުހުންނާ މެދު ިފިޔަވަޅު އެޅުމަށް އެ ބޯޑުން ނިންމާފައިވަނީ އިއްޔެއެވެ.

ފިޔަވަޅު އެޅުނު 4 ފުލުުހުންނަށް ވެސް 7 ދުވަހުގެ ތެރޭގައި ނިންމުން އިސްތިއުނާފުކުރެވޭނެ ކަމަށް ފުލުހުންގެ މުައައަސަސާއިން ހާމަކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.