ކޮވިޑް- 19: އިނގިރޭސިވިލާތުގައި މި ހަފުތާތެރޭގައި ވެކްސިނެއް ތަޖުރިބާކުރަން ފަށާނެ

ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުގެ ސައިންޓިސްޓުން އެމީހުން އެފެއްދި ކޮވިޑް-19 ވެކްސިންގެ ތަޖުރިބާތައް މި ހަފުތާތެރޭގައި ފަށާނެކަމަށް އިނގިރޭސިވިލާތުން ބުނެފއިއެވެ.

އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން، ސަރުކާރުން 41 މިލިއަން ޕައުންޑު (800 މިލިއަން ދިވެހި ރުފިޔާ) އަދި އަމިއްލަ ފަރާތްތަކުން 5 މިލއަން ޕައުންޑު (97.95 ދިވެިހޭދަކޮށްގެން އިމްޕީރިއަލް ކޮލެޖުން ތައްޔާރުކުރި ވެކްސިން ފުރަތަމަ 300 މީހުންގެ ގަޔަށް ޖަހައި ޓެސްޓުކުރާނެއެވެ. މި އެންމެންނަކީ ވެސް އެކަމަށް އަމިއްލައަށް އެދުނު މީހުންނެވެ.

އަލަށް އުފައްދާ މި ވެކްސިނަކީ މުޅިން އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާ ވެކްސިނަކަށް ވިޔަސް، މިހާރުވެސް ލިބެން ހުރި އާލާތްތައް ބޭނުންކޮށްގެން އުފެއްދޭނެތީ، އޭގެ އަގު ވާނެއެވެ. މި ވެކްސިންގެ ޑޯޒަކަށް ޖެހެނީ 3 ޕައުންޑު (58.5 ދިވެހި ރުފިޔާ) ކަމަށް ވެއެވެ.

އިމްޕީރިއަލް ކޮލެޖުގެ ފެކަލްޓީ އޮފް މެޑިސިންގެ ޕްރޮފެސަރ އޮފް މިއުކޯސަލް އިންފެކްޝަން އެންޑް އިމިއުނިޓީ ޑރ. ރޮބިން ޝެޓޮކް އިސްކޮށް ހުންނަވައިގެން އުފައްދާ މި ވެކްސިންގައި ބޭނުންކުރަނީ 'ސެލްފް އެމްލިފަޔައިން އާރްއެންއޭ' ޓެކްނޮލޮޖީއެވެ. މި ޓެކްނޮލިޖީގައި ވެކްސިނަކުން ޖެނެޓިކް މާއްދާއެއް ކަމުގައިވާ އާރްއެންއޭގެ ގްރާމެއްގެ އެއްހާސް ބައިކުޅަ އެއްބައިގެ އެއްހާސް ބައިކުޅަ އެއްބައި ހަށިގަނޑަށް ފޮނުވާލުމުން އާރްއެންއޭ އަމިއްލަށް އެތައް ގުނައަކަށް އިތުރުވަނީއެވެ.

މިފަހަރު ކުރެވޭ ތަޖުރިބާތަކުގައި ވެކްސިނާ ދެކޮޅަށް ހަށިގަނޑުގެ ދިފާއި ނިޒާމު މަސައްކަތްކުރާ ގޮތް ބަލާފައި ތަޖުރިބާގެ ދެވަނަ 6000 މީހުން ބޭނުންކޮށްގެން މިއަހަރު ފަހުކޮޅު ފަށާނެއެވެ. އެހެންކަމުން 200 މިލިއަން އާރްއެންއޭގެ 1 ލިޓަރު ފުދޭކަމަށް ޕްރޮފެސަރ ޝެޓޮކް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި ދުނިޔޭ އެހެން ބައެއް އިދާރާތަކުން ވެސް ދަނީ ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކުރި ގޮތުގައި ފާއިތުވި ދެ ހަފުތާގެ ކޮންމެ ދުވަހަކު ދުނިޔޭގައި 1 ލައްކަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވް ވެއެވެ. އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ގިނަ ގައުމުތަކެއްގައި ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ބަލި ޖެހުމުގެ ދެވަނަ ބުރެއް ވަނީ ފެށިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.