އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ އީކުއޭޓަރ ވިލެޖުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން 65 އަހަރުގެ އަންހެނެކެވެ. 

މި އަންހެން މީހާއަށް ކޯވިޑް ޖެހުނުކަން އެނގުނީ ކަރަންޓީނު މުއްދަތު ހަމަވުމުން ކޯވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައި ޓެސްޓުކުރުމުންނެވެ، އޭނާއާއެކު އޭނާގެ މާމަ ދަރިއަކު ވެސް އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުގައި ހުރި ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވިއެވެ. އާފަތިހަށް މައުލޫމާތު ލިބިފައިވާ ގޮުތުގަިއ މިހާރު މި މީހާގެ ދެވަނަ ސާމްޕަލެއް ވަނީ ނަގާފައެވެ. 

މަބްރޫކް ވިދާޅުވީ މިއީ ރަށުތެރޭގައި ބަލި ފެތުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ، އެއީ މާލެއިން އައްޑުއަށް ކަރަންޓީނަށް ގެންދެވުނު މީހަކަށްވާތީއެވެ.  އާފަތިހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީކުއޭޓަރު ވިލެޖުގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބަލި ހުރި ކަމަށް ފެނުނީ އެންމެ މީހެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.