ރާއްޖޭގެ ބޯޑަރާއި ޓޫރިޒަމާއި މިސްކިތަކާއި ސްކޫލުތައް ހުޅުވާލާނީ ޖުލައިގައި

ރާއްޖޭގެ ބޯޑަރާއި ޓޫރިޒަމާއި މިސްކިތަކާއި ސްކޫލުތައް ސްކޫލުތަކާއި ހުޅުވި އެނޫންވެސް ގިނަކަންކަމާއި ޚިދުމަތަކަށް ޖުލައިމަހުން ފެށިގެން ލުއިތަކެއް ދެއްވާނެކަމަށް ހެލްތް މިނިސްޓްރީން މިރޭ ވިދާޅުވެއްޖެއެވެ. 

އެންއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވީ ޖުލައިމަހުން ފެށިގެން އެކުގައި ބޭރަށް ނުކުމެ އުޅެވޭނެ މީހުންގެ ޢަދަދު  10 މީހުންނަށް އިތުރު ކުރެވޭނެކަމަށެވެ. އަދި މިސްކިތަކާއި ސްކޫލުތަކާއި ޔުނިވަރސިޓީ ކޮލެޖްފަދަ ތަންތަން ވެސް އެޗްޕީއޭއިން އެމުއައްސަސާތަކާ ގުޅިގެން ކަނޑައަޅާ އުޞުލުތަކާ އެއްގޮތަށް ހުޅުވާލެވޭނެކަމަށެވެ. ޖުލައި މަސްތެރޭގައި ސަރުކާރުގެ އޮފިސްތައްވެސް އާއްމުކޮށް ހުޅުވާލާނެއެވެ 

ޖިމްތަކާއި ރެސްޓޯރެންޓްތަކާއި ސަލޫންތައް ވެސް އެތަންތަނުގައި ތިބެގެން ޚިދުމަތް ހޯދުމަށް ޖުލައި މަހުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމަވައިފައެވެ. މިކަންކަންވެސް ޙުޅުވާލެވޭނީ އެތަންތަނުގައި ވަކި އުޞޫލުތަކަކުން ޚިދުމަތް ދެވޭ ގޮތަށެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމެވެ. އަދި އެތަންތަނަށް ވަދެ ނުމެވޭ ތަންތަނުގައި އޮތް ދޮއެވޭނެ ނުވަތަ ސެނެޓައިޒް ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަންޖެހޭނެއެވެ. 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.