ކޮވިޑާ ގުޅިގެން މަޖިލީހުން ދެއްވާ ލަފާ މިއަދު ރައީސަށް އަރުވަނީ  

ކޮވިޑް -19 އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދެއްވާ ލަފާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިހަށް  މިއަދު އަރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން އަންގަވާ އެންގެވުންތައް  މަޖިލީހަށް އިއްވަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލހުގެ ލަފާ ހިމެނޭ ރިޕޯރޓް ރައީސް ޞާލިޙަށް އެރުވުން މިއަދު 12 ޖަހާއިރު ރައީސް އޮފީގުގައި އޮންނާނެކަމަށެވެ. އެއީ މެމްބަރުން ކުރެއްވި ވަރަށް މުހިންމު މަސައްކަތެއް ކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. މަޖިލީހުން އެކުލަވާލި ރިޕޯޓް ޚުލާސާކުރެއްވުމުންވެސް ބޮޑުމިން 400 ޞަފްޙަށް އަރާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެރިޕޯރޓްގައި މައްސަލައިގައި ކޮމެޓީތަކުން ހުށަހެޅުއްވި ހުރިހާ ހުށަހެޅުއްވުންތައް ހިމެނޭނެކަމަށް ވިދާޅުވިއެވެ.  

މަޖިލީހުގެ އަރުވާ ލަފަޔަކީ ސަރުކާރު ހިންގުމަށް މަގުދައްކައިދޭނެ ނިންމުންތަކެއްގެ ގޮތުގައި ބަލައިގަންނަވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާ ކަމަށް ވެސް މަޖިލީހިގެ ރައީސް މިއަދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.