ސ. މީދޫއިން މީހަކު ގެއްލިގެން ހޯދަނީ

ފޮޓޯ: ފޭސްބުކްގައި އާއިލާއިންހިއްސާކޮށްފައިވާ ފޮޓޯއެއް)

އައްޑޫ ސިޓީ މީދޫ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 

މި މީހާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން މިރޭ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި އެމީހާ ވީނުވީ ތަނެއް ނޭނގިގެން އުޅެނީ މިއަދު ހެނދުނުއްސުރެއެވެ. އޭނާ އާއި ވީތަނެއް އެނގޭ މީހަކު ނުވަތަ މިއަދު އޭނާއާ ބައްދަލުވީ މިހަކު ވާނަމަ 9132123 ފޯނު ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އާއިލާގެ ފަރާތުން އެޕޯސްޓުގައި އެދިފައިވެއެވެ.

މި މީހާ ގެއްލުނުކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ވިދާޅުވީ އެ އަންހެން މީހާ މިއަދު ހެނދުނު 7:30 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް އެނބުރި ގެއަށް ނުދާ ކަމަށެވެ. ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ މިރޭގެ 7:40 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން މިހާރު ގެންދަވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ އަންހެން މީހާ އަކީ އުމުރުން 52 އަހަރުގެ މީހެކެވެ.

މީދޫ އިން އާފަތިހާ ވާހަކަ ދެއްކި މީހަކު ބުނީ މަރިޔަން މަނިކެ ގެއިން ނުކުމެގެން ދިޔައީ އާއިލީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.