އެކިކަންކަމުގެ ވިޔަފާރިހުއްދަ ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރަން އަނެއްކާ ވެސް ހަމަ ޖައްސަވައިފިއެވެ. ކުރިން ފުލުހުން ދޫކުރަމުން އައި ހުއްދަ ލޮކްޑައުންގެ ލުއިތަކާ އެކު މާލޭ ސިޓީ ކައުންސިލަށް ހުށަހަޅައިގެން އިކޮނޮމިކް މިނިސްޓްރީން ދެއްވާގޮތަށް ހަމަޖެއްސެވިއެވެ.
ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަނެއްކާ ވެސް ވިޔަފާރި ހުއްދަ ދޫކުރައްވަން ނިންމެވީ ދެވޭ ހުއްދަތަށް އެއްތަނެއް މެދުވެރިކޮށް ގެނެދެވުމުން ފެސޭހަތަކެއް ވެގެން ދޭނެތީ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވިއެވެ. ވިޔަފާރި ހުއްދައަށް އެދިފައިވާ ފަރާތްތައް އަލުން ހުއްދަ ހޯދުމަށް އެދޭކަށް ނުޖެހޭނެކަމަށް ވެސް ވިސާމް ވިދާޅުވިއެވެ. އަލަށް ވިޔަފާރި ހުއްދައަށް އެދޭ ފަރާތްތަކުން މާދަމާއިން ފެށިގެން ހުއްދައަށް އެދެން ޖެހޭނީ ޕޮލިސްޕޯރޓަލްގައެވެ.
31 މެއިން ފެށިގެން އިކޮނޮމިކް މިނިސްޓަރީން 1090 ވިޔަފާރިއަށާއި 4420 މުވައްޒަފުންނަށް ފުލުހުން މެދުވެރިކޮށް ހުއްދޭ ދޫކުރެވިފައިވާކަމަށް ވިޝާމް ވިޅުވިއެވެ.
ހުއްދައަށް އެދިފައިވާ އެންމެންނަށް އިއްޔެއިން ފެށިގެން ހުއްދަ ދޫކޮށް ނިމިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިއިރުތެރޭގައި ވިޔަފާރިއަށް 1380 ހުއްދައެއް އަދި 3434 ހުއްދައެއް މުވައްޒަފުންނަށްދޫކުރެވިފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވިއެވެ.
ޑެލިވަރީއަށް ވެސް 9739 ތަނަކަށާއި 12180 މުވައްޒަފަކަށް ވަނީ ހުއްދަ ދޫކުރައްވައިފައެވެ. ޢުމުރުން ދުވަސް ވީމިޙުންނަށް ނުކުމެލާ އުޅުމަށް 944 ފާހެއް ދޫކުރެވިފައިވެއެވެ. މިސެލޭނިއަސް ގެ ދަށުން ހުއްދަ ނަގައިގަނެ ބޭރަށް ނުކުންނަށް ދެވޭ ވަގު ކުޑަކަން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާކަމަށް އޭސީޕީ ނަވީން ވިދާޅުވިއެވެ. ނަމަވެސް އެ ހުއްދަ އަކީ އެތަނަކަށް ދިއުމަށް ދެވޭ ހުއްދަކަން ފާހަގަކުރެއްވިއެވެ. އެތަނަކަށް ގޮސްފައި އެނބުރި ދިއުމަށްވެސް މިސެލޭނިއަސް ފާސް ނަގަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ހުއްދަ ދިނުމުގައި ކުދިވިޔާފާރިތަކަށް ތިން ޑެލިވަރި ފާހާއި ދެމުވައްޒަފެއްގެ ފާހާއި ދެވުހިކަލްގެ ހުއްދަ ދޫކުރަމުން ގެންދަވާކަމަށް ވިފާޅުވިއެވެ. ސްޕަރމާކެޓްތަކަށް ޑެލިވަރީއަށް ހަފާހާއި ސަޕޯރޓް ސްޓާފުންނަށް ހަ ފާހަކާއި ހަ ވެހިކަލަށް ހުއްދަ ދެއެވެ. ހޯލްސޭލްތަންތަނަށް އެތަނަކަށް އެދުވަހަށް ބޭނުންވާނެ ވަރަށް ހުއްދަދެއްވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.