ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށް ދޭންފަށަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ދޭންފަށަން ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޤައުމީ ތަރައްޤީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުޙައިރު ވިދާޅުވީ އޮންލައިން ޕޯރޓަލް މެދުވެރިކޮށް އެއޮތޯރިޓީން ދެއްވާ ހުރިހާ ޚިދުމަތެއްވެސް ފޯރުކޮށް ދެއްވާނެކަމަށެވެ. ލޮކްޑައުން ނިމުމަކަށް އަޔަސް އެއޮތީރިޓީއަށް ހާޒިރުނުވެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ޚިދުމަތް ހޯދޭނެކަމަށް ވިދާޅުވިއެވެ. ހަފަތާއެއްގެ ތެރޭގައި އޮންލައިން ޕޯޓަލްގެ ޚިދުމަތް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އޮންލައިންކޮށް ޚުރިހާ ޚިދުމަތެއް ދިނުމަށް އަޅުގަނޑުމެން ތައްޔާރު މިވަނީ.އުއްމީދުކުރަނީ އަށެއް ޖޫންގައި އޮންލައިން ޕޯޓަލްގެ ޚިދުމަތް ފެށޭނެކަމަށް" ސްޓޭޓް މިނިސްޓަރ ޒުހައިރު ވިދާޅުވިއެވެ.

ލޮކްޑައުންތެރޭގައި ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އާއްމު ރައްޔުތުންނަށް މެދު ކެނޑުމެއް ނެތި ދިޔައީ ޚިދުމަތްތައް ދެއްވަމުން ކަމަށް ރޭގެ ބައްދަލު ވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވިއެވެ، ނަމަވެސް އެކަންކަންމުގެ ފޮޓޯ ނަގާ އާއްމު ނުކުރާތީ މީހުންނަށް ނޭނގެނީ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި  އެމިނިސްޓްރިން ކުރާ ކަންކަން އާންމު ކުރުމަށް އިސްކަން ދެއްވާނެކަމަށް ވެސް މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ.

"މިކަންތައްތައްތަކާ (ކޮވިޑާ) ގުޅިގެން ދަތިކަން އިޙްސާސްކުރަންޖެހުނު ފަރާތްތަކާ އަޅުގަނޑުމެން ވާހަކަ ދައްކައިގެން ސަރުކާރުފަރާތުން ވެވެންއޮތް ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން މިދަނީ ފޯރިކޮށްދެމުން.އިތުރުކަމަކަށް ބޭނުން ވިއަސް، އެކަމެއް އަޅުގަނޑުމެންނާ ޙިއްސާކޮށްދެއްވުމުން، އަޅުގަނޑުމެންނަށް އެހީތެރިވެވޭނެ ދާއިރާއެއްގައި އޮތް ކަމެއްކަމަށްވާނަމަ އަޅުގަނޑުމެން އެމަސައްކަތް ކުރިއަށް ގެންދާނަން " މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.