ރުޤްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށްގެއްލުން ދެމުންދިޔަކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

ރުޤްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށްގެއްލުން ދެމުންދިޔަކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. މި މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލަމުންދާކަމަށް މިއަދު ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރުޤްޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގެއްލުން ދިން މީހަކީ ކާކުކަން އޭނާގެ ފޮޓޯއާއެކު ފުލުހުން ވަނީ އާއްމު ކުރައްވައިފައެވެ. އެއީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ) އެވެ. މި މީހާގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ފުލުހުން ބަލަމުން ދަނީ ފުލުހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. ތަޙްޤީޤްގައި މިހާތަނަށް ބެލިބެލުމުން، މުޙައްމަދު ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާނެ ކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މުޙައްމަދު ނަޞްރުﷲގެ ފުށުން އެފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިވަޑައިގަންނަވައެވެ.

 ޚަބަރު: މޯލްޑިވްސް ޕޮލިސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.