ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ބަލި ބޮޑުވާނެކަމަށް ބެލެވޭ  67 މީހަކު އެބަތިބި

ކޮވިޑަށް ޕޮޒިޓީވް މީހުންގެ ތެރޭގައި ބަލި ބޮޑުވާނެކަމަށް ބެލެވޭ 67 މީހުން އެބަތިބިކަމަށް ނެޝަނަލްއިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވީ މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ބަލީގެ ނުރައްކާ ބޮޑުވެދާނެކަމަށް ފާހަގަ ކުރެވިފައި ވަނީ ދިގުމުއްދަތަށް ބޭސްކުރާ ތަފަތު ބަލި ތަކުގެ މީހުންކަމަށެވެ. މިއަދު ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރެއިން ފަސް ދިވެހިންނަކީ ބަލީގެ ނުރައްކާ ބޮޑުވެދާނެ ފަދަ އެކިއެކި ބަލީގެ މީހުން ކަމަށް އެންއީއޯސީގެ ތަރުޖަމާނު ބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރުތެރޭގައި ޕޮޒީޓިވްވެފައިވަނީ 12 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 11 ދިވެހިންނާއި އިންޑިއާ މީހެކެވެ މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1841 އަރައިފިއެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން ހަތް މީހުންނަކީ އެކި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންނެވެ. އެއްވެސް ކްލަސްޓަރަކަށް ނުވާ ހަތަރު މީހުން ހިމެނެއެވެ.

މިއަދު ބަލިން 120 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ  608 އަށް އަރާފައެވެ. ބައްޔަށް ފަރުވާ ކުރެވެމުންދާ މީހުންގެ  ޢަދަދަކީ 1224 އެވެ.

ކޮވިޑަށް ޓެސްޓް ހެދުމަށް ސާޕަލް ނެގޭ މިންވަރު އިތުރުވެފައިވާކަން މިރޭގެ ޕްރެސް ކޮންފަރެންސުން ފާހަގަ ކުރެވުނެވެ. އިއްޔެއާއި މިއަދުވެސް 800 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައި ފައެވެ. އައިޖީއެމްއެޗާއި ފުލުހުންގެ ފޮރެންސިކް ލެބްގެ އިތުރުން އޭޑީކޭއިން ވެސް މިހާރު ކޮވިޑަށް ޓެސްޓް ކުރެވެއެވެ. އޭޑީކޭއިން ޓެސްޓްކުރަނީ އައިޖީއެމްއެޗުން ނަގާ ސާމްޕަލް ތަކެވެ. އޭޑީކޭ އިން ޓެސްޓެއް ހަދައި ދެނީ 675 ރުފިޔާ އަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.