ކޯވިޑް ޖެހިގެން ހަވަނަ މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑް ޖެހިގެން ހަވަނަ މީޙަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މި މީހާ މަރުވީ މިއަދު މެންދުރު 2:30 ގައެވެ. މިއަދު ނިޔާވީ އުމުރުން 54 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ، މި މީޙާއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މީހެކެވެ. 

ކޯވިޑް ޖެހިގެން މީގެކުރިން ވެސް ރާއްޖެއިން ފަސް މީހަކު ނިޔާވެފައިވެއެވެ. އެއީ ތިން ދިވެހީންނާއި ބަނގްލަދޭޝްގެ ދެ މީހުންނެވެ. 

މާލޭގައި ކޯވިޑް ފެތުރެން ފަށާފައިވަނީ އޭޕްރީލް މަހުގައެވެ. އެއާއެކު ހަ ހަފްތާ ވަންދެން މާލެ ފުރަބަންދުކޮށްފައި ބޭއްވުމަށްފަހު އާއްމު ހާލަތަށް ރުޖޫއަވުމަށްޓަކައި މިޙާރު ވަނީ ފުރަބަންދަށް ލުއި ދީފައެވެ. ލުއި ދޭން ސަރުކާރުން ގަސްދުކުރެއްވީ ބަލިޖެހޭ މީހުންގެ އަދަދު ދާދި އެއްވަރެއްގައި ހިފެހެއްޓުމާއި އަދި ބަލިޖެހޭ މީހުންނަށް ފަރުވާ ދެވޭ ވަރަށް ތައްޔާރުވެވުމުންނެވެ. ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ބަލި ޖެހެނީ 50-40 މީހުންނަށެވެ. ނަމަވެސް އިއްޔެ ބަލި 101 މީހަކަށް ބަލިޖެހފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.