ކޮވިޑަށް ޕޮޒިޓިވް ޢަދަދު 101 އަށް އިތުރުވީ ލުއިތަކާ ގުޅިގެންނެއްނޫން – ޑރ. އަފްޒަލް

މިއަދު ކޮވިޑަށް ޕޮޒިޓިވް ޢަދަދު 101 އަށް އިތުރުވީ ލުއިތަކާ ގުޅިގެންނެއްނުން ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. އަދި  ދީފައިވާ ލުއިތައް ހަރުކަށި ކުރަން ޖެހޭ ކަމަށް ގަބޫލުފުޅުނުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.  

މިއީ މިފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަޢަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވިދުވަހެވެ. އެންއީއޯސީ އިން ހާމަކުރިގޮތުގައި 101 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރޭ މެންދަމުން ފެށިގެން މިއަދު އިރުއޮއްސި 18:00 އާ ހަމަށެވެ. މިއަދުގެ ޢަދަދާ އެކު ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 1773 އަށް އަރާފައެވެ.

"ކުއްލިއަކަށް 101 ކޭސް ފެނުމުން ކަންބޮޑުވުން އުފެދިދާނެ. އެހެންނަމަވެސް ކްލާސްޓަރތަކަށް ބަލާލާއިރު 79 ކޭސް ފެނިފައި ވަނީ އެއް ކްލާސްޓަރ އަކުން. ހުޅުވާލި ހުޅުވާލުމާ ގުޅިހެން އިތުރުވި ނަމްބަރުތަކެއް ކަމަށް ނުބެލެވޭ" ޑރ އަފްޒަލް ވިދާޅުވިއެވެ. 

މިއަދުގެ ކޭސްތަކަށް ބަލާއިރު އެއްކްލާސްޓަރއަކަށް 79 މީހުން ނިސްބަތްވާއިރު 19 ކޭސް އަކީ ކުދި ކްލާސްޓަރ ތަކަށް ނިސްބަތްވާ ކޭސްތައް ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އެއްކްލަސްޓަރއަކަށް ނިސްބަތްވާ 79 ކޭސް އަކީ ބިދޭސީންނެވެ. މިއަދުގެ ކޭސްތަކުގައި ކްލަސްޓަރތަކާއި ގުޅުންހުރި ހަތް ދިވެހިން ވެސް ހިމެނެއެވެ. އަދި ކްލަސްޓާސްއަކާއި ގުޅުންނެތް ދެމީހުންގެ ތެރެއިން އެކަކީ ދިވެއްސެކެވެ.  މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ބިދެސީ 93 މީހުން  ހިމެނޭއިރު އެއޯީ ބަޤްލަދޭޝްގެ 72 މީހުންނާއި އިންޑިއާގެ 21 މީހުންނެވެ. ބޮޑެތި ކްލާސްޓަރ ތަކުން ވެސް ފެންނަ މިންވަރު އުޅެނީ ދާދި އެއް ވަރެއްގައި ކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.