ކަރަށް 'ފަައިން އަރައި' ކަޅު ނަސްލުގެ މީހަކު މަރާލި ފުލުސް އޮފިސަރު ހައްޔަރުކޮށް އޭނާގެ މައްޗަށް ތިންވަަނަ ދަރަޖައިގެ ގަތުލުގެ ދައުވާ އުފުލައިފި

މިނިއާޕޮލިސްގައި މުޒާހަރާކުރަނީ

އެމެރިކާގެ މިނެސޯޓާ ސްޓޭޓުގެ މިނިއާޕޮލިސްގައި ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖް ފްލޮއިޑް ހައްޔަރުކުރުމަށް ފަހު އޭނާ ބިންމައްޗަށް ވައްޓާލައި އޭނާ މަރުވަންދެން އޭނާގެ ކަރުގައި ކަކޫ އަަަޅައި ހިފަހައްޓައިގެން އިން ފުލުސް އޮފިސަރު ޑެރެކް ޝޯވާން ހައްޔަރުކޮށްފިއެެވެ. މިނެސޯޓާގެ ޕަބްލިން ސޭފްޓީ ކޮމިޝަނަރު ޖޯން މާކް ހެރިންގްޓަން މައުލޫމާތުދެއްވި ގޮތުގައި ޝޯވާން މިހާރު ވަނީ ތަހުގީގުކުރާ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.

މިއީ "އިންސާފާއި ދިމާއަށް އެޅުނު ފުރަަތަމަ ފިޔަވަޅު" ފުލުސް އޮފިސަރު ހައްޔަރުކުރުމާ ގުޅިގެން މިނެސޯޓާގެ ސެނެޓަރ އެމީ ކްލޮބުޗާރ ކުރެއްވި ޓުވީޓެއްގައި ވެއެވެ. ކްލޮބުޗާރއަކީ ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅެކެވެ.

ޝޯވާންއާ ދެކޮޅަށް ތިންވަނަ ދަރަޖައިގެ ގަތުލުގެ ދައުވާ އުފުލާފައިވާއިރު، ފްލައިޑް ހައްޔަރުކުރުމުގައި ހަރަކާތްތެރި އަނެއް ތިން އޮފިސަރުން ހައްޔަރުކުރުމާ ބެހޭ މައުލޫމާތެއް ވެސް އޭނާ ހާމަނުކުރައްވައެވެ.

"މިިނިއާޕޮލިސްގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޝޯވަން ވަނީ ހައްހަރުކޮށްފައި. (އޭނާގެ) މައްޗަަށް ހެނެޕިން ކައުންޓީ އެޓާނީގެ އޮފީހުން ވަނީ ތިންވަނަ ދަރަޖައިގެ ގަތުލާއި، މީހަކު މަރުވާފަދަ އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައި." ހެނެޕިން ކައުންޓީގެ އެޓާނީ މައިކް ފްރީމަން މިރޭ ނޫސްވެރިންނާ ބައްދަކުރައްވަމުން ވިދާޅުވިއެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޓާނީ ފްރީމަން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައި ވަނީ ތިންވަނަ ދަރަޖައިގެ ގަތުލުގެ ދައުވާ ކަމުގައެވެ.

މިނެސޯޓާގެ ގާނޫނު ބުނާގޮތުން ތިންވަނަ ދަރަޖައިގެ ގަތުލަކީ މެރުމުގެ ގަސްތުގައި ނޫން ގޮތަކަަށް މީހަކު މަރުވާ ފަދަ އަމަލެއް ހިންގުމުގެ ސަބަބުން މީހަކު މަރުވުމެވެ. މިކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ.

ފާއިތުވި ހޯމަ ދުވަހު ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިއުމުގައި ހަރަކާތްތެރިވި ހަތަރު އޮފިސަރުން ވެސް މިހާރު ވަނީ މަގާމުން ދުުރުކޮށްފައެވެ.

އެހެންނަމަވެސް، އެ އޮފިސަރުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާކުރަން ގޮވާލައި ކުރަން ފެށި މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ ޖެހިޖެހިގެން ތިން ރޭ ހިންގި އަމަލުތަކުގައި މިނިއާޕޮލިސްގެ އެތައް އިމާރާތެއްގައި ރޯކޮށްލައި، އެތައް ފިހާރައެެއްގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ވަނީ މިނިއާޕޮލިސްއާއި ސެންްޓް ޕޯލް ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައިވާ ހަމަނުޖެހުންތަކަކީ ފުލުހުންގެ ތެރޭަގައި އޮތް ނަސްލީ އިމްތިޔާޒުގެ ސަަބަބުން "އެތައް ޖީލަކަށް ދެމިގެން އައިސްފައިވާ ވޭނާއި ކެކުޅުމުގެ" ނަތީޖާއެވެ. އޭނާ ވަނީ ފްލޮޮއިޑް މަރަށް "ވަރަށް އަވަސް" އިންސާފެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ޚަަބަރުފަތުުރާ ވަސީލަތްތަކާއި، މީސް މީޑިޔާގައި އާއްމުވެފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި އޮފިސަރު ޑެރެކް ޝޯވާން ވަނީ ހަތް މިނެޓް ވަންދެން ފްލޮއިޑްގެ ކަރުން ކަކޫ ނުނަގައި ހިފަަހައްޓާފައެވެ. އޭރު ފްލޮޮއިޑް ތަކުރާރުކޮށް "އަހަރެންނަށް ނޭވާ ނުލެވޭ" ގޮވަމުން ދިޔައެވެ. އަދި ކައިރިން ހިނގާފައި

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.