ކޯވިޑް ޖެހުނު މީހުންގެ އަދަދު ފަނަރަ ސަތޭކައިން މައްޗަށް

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ފަނަރަ ސަތޭކައިން މައްޗަށް އަރައިފިއެވެ. އެޗްޕީއޭއން މިރޭ ހާމަކުރި ގޮތުގައި މިރޭގެ ދިހައެއް ޖެހުމާ ހަމައަށް 56 މީހަކަށް މިއަދު ވަނީ ކޯވިޑް ޖެހިފައެވެ. އެއާއެކު ރާއްޖެިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1513 އަށް އަރާފައެވެ. 

މިއަދު ކޯވިޑް ޖެހުނު 56 މީހުންގެ ތެރޭގައި ގިނައީ ބަނގްލަދޭޝް މީހުންނެެވެ. ބަނގްލަދޭޝްގެ 35 މީހަކަށް މިއަދު ބަލިޖެހިފައެވެއެވެ. އޭގެ އިތުރުން މިއދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި އިންޑިއާގެ 3 މީހެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.