ޔުނިވަރސިޓީ، ކޮލެޖުތައް އޮންލައިންކޮށް ހުޅުވާލަނީ

ފުރަބަންދަަށް ލއުިދޭ ފުރަތަމަ މަރުހަލާގައި ޔުނިވަރސިޓީ، ކޮލެޖުތައް ހުޅުވާލާނީ އޮންލައިންކޮށް ކިޔަވާދޭ ގޮތަށް ކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު ރަށުތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް އެޅީ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތަކާއި، ޔުނިވަރސިޓީ ކޮލެޖްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެގޮތަށް ބަންދުކުރި ފަހުން ބައެއް ކޮލެޖު ޔިނވަރިސިޓީ ތަކުގައި އޮންލައިންކޮށް ކިޔަވާދީފައި ވެއެވެ. ނަމަވެސް މާލޭގައި ބަލި ފެތުރެން ފެށުމާއެކު އެތަންތަނުން ކުރިއަށް ގެންދިޔަ އޮންލައިން ކުލާސްތައް ވަނީ ހުއްޓާލާފައެެވެ. 

އެހެން ނަމަވެސް އަންނަ ހަފްތާއިން ފެށިގެން އޮންލައިން ކިލާސްތައް ނެގުމަށް ޔުނިވަރސިޓީ އަދި ކޮލެޖުތަކުން އަންނަނީ ތައްޔާރުވަމުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.