ޢީދުގެ އުފާ ފާހަގަ ކުރަން އުރީދޫގެ ޑިޖިޓަލް މިއުޒިކް ޝޯއެއް!

ފުރަބަންދުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްއިން ވަނީ އުރީދޫ ޢީދު ޝޯ 2020 ގެ ނަމުގައި ޑިޖިޓަލް މިއުސިކް ޝޯއެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، އަންޔާ، މީރާ، ޝަންމޫނު، ހަބޭސް އިންޑީ، ހަބޭސް ތޮލާ، އިބްރާހިމް ވަހީދު - ބޮޑުބެ އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.