އިތުރު 58 މީހަކަށް ކޯވިޑް ޖެހި، ޖުމުލަ އަދަދު 1274އަށް

ރާއްޖެއިން އިތުރު 58 މީހަކަށް ކޯވިޑް ޖެހިއްޖެއެވެ. އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މިރޭގެ 7 އާ ހަމައަށް އިތުރު 58 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 39 މީހަކާއި 18 ދިވެހިންނާއި އިންޑިއާ މީޙެކެވެ. 

މިއަދު ބަލިޖެހުނު މީހުންނާއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނި މީހުންގެ އަދަދަކީ 1274 އެކެވެ. މާލޭގައި ކޯވިޑް ފެތުރެން ފެށުމާއެކު މާލެވަނީ ފުރަބަންދުކޮށްފައެވެ، ފުރަބަންދުކުރި ފަހުން ފުރަތަމަ ދުވަސްކޮޅު ބަލިޖެހިފަިވާ ގިނަ މީހުން ފެނުނު ނަމަވެސް ބަލިޖެހޭ މީހުން ފެންނަލެއް މިދިޔަ ހަފްތާއެއް ހައި ދުވަހު ވަނީ ދަށަށް ގޮސްފައެވެ. އެއާއެކު ފުރަބަންދަށް ލުއިތަކެއް ދީ މަޑުމަޑުން ފުރަބަންދުން މާލެ ވީއްލާން ސަރުކާރުން ވަނީ ގަސްތުކޮށްފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.