ރައްޔިތުންގެ ދިރިއުޅުމަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެނެވިއްޖެ: ރައީސް

ކޯވިޑާ ދެކޮޅަށް އެޅީ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި ކޯވިޑާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް މިހާރު ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މަސްތުވާ ތަކެތީގެ ޝިކާރައަކަށްފައިވާ މީހުންގެ ތެރެއިން ހާލުުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީގތެރިވަމުން ގެންދަވާ ކަމަށެވެ. އަދި ފޯރުންތެރިކަން ނެތް އާއިލާ ތަކާއި ދޮށީ އުމުރުގެ މީހުންގެ ތެރެއިން ހާލުގަިއ ޖެހިފައި ތިބި މީހުންނަސް އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބިދޭސީން ހިމެނޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިދީފައި. މިޙާލަތުގެ ސަބަބުން، އެކި ގޮތްގޮތުން އަސަރު ކޮށްފައިވާ މީހުންނަށް، ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން." ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.