ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދެނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔުތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި މައްސައްލަ ތަހުގީގުކޮށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅަން ނިންމައިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ. 

މިރޭ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައި ވަޞައްލަމައަށް އިހާނެތި ބަސް، ރައީސް ނަޝީދު ވިދާޅުވެފައިވާކަމުގެ ދޮގު އިލްޒާމް އަޅުއަޅުވައިފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ އިސްތަށިފުޅުގައި މި ދޮގު އިލްޒާމް އަޅުވައިފައިވަނީ ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާޙިމް ކަމަށް މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ވެއެވެ. އޭނާ ރައީސް ނަޝީދުގެ އިސްތަށީފުޅުގައި ދޮގު އިލްޒާމް އަޅުވައިފައިވަނި މީޑިއާކަށް ދިން އިންޓަވިއުއެއްގައެވެ. ނަމަވެސް މަޖިލީހުގެ ނޫސްބަޔާނުގައި އެއީ ކޮންމީޑިއާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަލީ އިބްރާޙީމާއި އޭނާ އިންޓަރވިއު ގެނެސްދިން މީޑިއާމެދު ޖިނާޢީ ދަޢުވާ ކޮށްދެއްވުމަށް ޕޮރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް، މައްސަލަ ތަޙްޤީޤްކޮށް ދެއްވުމަށް އެދި ހުށަހެޅުމަށް މަޖިލީހުގެ ރައީސް ނިންމަވައިފައިވާކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދުގެ އިސްތަށި ފުޅުގައި ދޮގު އިލްޒާމް އެޅުވުމަށް ދެއްކެވި ވާހަކަ ފުޅަކީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެއްކަމަށް ޤާނޫނުލް ޢުޤުބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ  ފަހެއްގައި ބަޔާންކޮށްފައިވާ ކަމަށް މަޖިލީހިގެ ނޫސް ބަނާނުގައި ވެއެވެ. 

ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާޙިމް ދައްކައުފައިވާ ވާހަކަތަކަކީ މިފަދަ ކުށަކަށް ވާއިރު، ރަމަޟާންމަހުގެ ފަހު 10 ގައި މިމައްސަލަ ކުރިމަތި ކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރައްވާ ކަމަށް ނޫސް ބަޔާނުގައި ވެއެވެ. 



ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.