އެއް މަސްނުވާ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ވިހޭތާ އެއް މަސް ނުވާ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. މިއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާއެވެ. މިރޭ ނޭޝަނަލް އެމަޖެނަސީ ސެންޓާރގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މި ކުއްޖާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުނު ކަމަށާއި އެކަމާއި ގުޅިގެން އެކުއްޖާގެ ސާމްޕަލް ނަގައި ޓެސްޓުކުރެވުނު ކަމަށެވެ. މި ކުއްޖަގެ ސާމްޕަލް ގެ ނަތީޖާ ޕޮޒިޓިވްވުމުން މި ކުއްޖާގެ މަންމަ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދަރިފުޅު ނޫންކަންވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

 މީގެ ކުރިން ޓްރީޓޮޕްގައި ކޮވިޑ-19 އަށް ޕޮޒިޓިވްވި މާބަނޑު މީހާ މިހާރު ވިހާފައެވެ. މި މީހާގެ ދަރިފުޅު ކޮވިޑް-19 އަށް ޓެސްޓުކުރެވިފައިވާއިރު ނަތީޖާ ވަނީ ނެގެޓިވްވެފައެވެ

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.