ކޯވިޑާ ގުޅިގެން ކުދިން ކުރާ ސުވާލުތަކަށް ހީވާހީވުމަށް ޖަވާބު ނުދިނުން މުހިއްމު: ފަސްޓް ލޭޑީ

ކޯވިޑް-19 އާ ގުޅޭ ގޮތުން ކުދިން ކުރާ ސުވާލުތަކަށް ހީވާ ހީވުމަށް ޖަވާބު ނުދިނުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދް ވިދާޅުވެއްޖެއެވެ. ފަޒްނާ މިހެން ވިދާޅުވީ ކޯވިޑާ ގުޅިގެން ކުޑަކުދިންނާ ވާހަކަ ދެއްކުމުގެ މުހިއްމު ކަމާއި އަދި ވާހަކަ ދައްކާއިރު ވިސްނުމުގަިއ ބަހައްޓަންވީ ކަންތައްތައް އޮޅުންފިލުއްވައިދެއްވަމުންނެވެ. ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން މިއަދު އާއްމުކުރި ވީޑިއޯ އެއްގައި ފަޒްނާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ގޭގައި ތިބޭއިރު އެކުދީންނަށް ކޯވިޑް19އާ ބެހޭގޮތުން ވާހަކަ ދައްކާއިރު ކުދިންނަށް އެނގެނީ ކިހާވަރަކަށް ތޯ އޮޅުންފިލުވިދާނެ ކަމަށެވެ. އެވާހަކަ ދައްކަން ބޭނުންވާ ކުދީންނަށް އެ ފުރުސަތު ދިނުމުގެ މުހިއްމުކަން ފަސްޓްލޭޑީ ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުވާލައިގެން ކުއްޖަކު ބޭނުންވާ ސުވާލެއް ކުރުމގުެ ފުރުސަތު ދޭންވާނެ ކަމަށެވެ.

"ކޯވިޑް-19ގެ ރޯގާ އާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވާ ކުއްޖާއަށް އެ ފުރުސަތު ދިނުން އެއީ ވަރށް މުހިއްމު ކަމެއް. ހަމަހުޅުވާލަަިއގން އޭނާ ބޭނުން ސުވާލެއް ކޮށްލާ ހަދަން ފުރުސަތު ދޭނީ އެކަމް އޭނާ ކުރާ ސުވާޅަށް ޖަވާބު ނޭނގޭ ކަމަށް ވަންޏާ ހީވީ ހީވުމަކަށް ކުއްޖާއަށް ޖަވާޞު ނުދިނުން ވަރަސް މުހިއްމު." ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އެގޮތަށް ހީވާ ހިވުމަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އެކުއްޖާ ކުރި ސުވާލާ ގުޅޭ އެންމެ ރަނގަޅު މައުލޫމާތަކީ ކޮބައިތޯ ބެލުމަށް އެ ފުރުސތުގެ ބޭނުން ހިފަންވީ ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. ގޭގައި އިންޓަނެޓު، ޓިވީ، ނުވަތަ އެހެން އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯ އަދި ޔުނިސެފުން މައުލޫމާތު ނެގިދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި އެގޮތަށް މައުލޫމާތު ނަގާއިރު އެކުއްޖާއަށް ރަނގަޅު، ފުރިހަމަ މައުލޫމާތު ފުރިހަމަ ކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ދުށުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ.

ބަލިން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް (އަތް ދޮވުމާއި ކެއްސާއިރު އަނގަމައްޗާއި ނޭފަތް ފޮރުވުން) ކުދީންނަށް ސާފުކޮށް އޮޅުން ފިލުވައިދިނުމާއި މަޖާގޮތަކަށް އެކަންކަން ކަމަށް ހޭނުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.

މިދުވަސްކޮޅު ގޭގައި އެންމެން ތިބޭއިރު ކުދިންގެ ވާހަކަ އަޑުއަހައި އެކުދީންނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަޒްނާ އެދިވަޑައިގަތެވެ. އަދި އަބަދުވެސް އެކުދިންނާ އަޅާލާ ކަމުގެ އިހްސާސް ކުރުވަދޭން އެދިވަޑައިގަތެވެ.

"އަބަދުވެސް އިހސްސާސް ވާންޖެހޭނެ އޭނާއާ އަޅާލާކަން. އޭނާއަށް ކޮންމެ އިރަކުނވެސ އަިއސް ވާހަކަވެސް ދެއްކޭނެ، ބަލިވިއަސްެސް ބުނެވޭނަކަން، ހާސްވިޔަސް ވެސް ބުނެވޭނެކަން އެކުއްޖާ އަށް އިހުސާސްކޮށް ދިނުން ވަރަށް މުހިއްމު." މެޑަމް ވިދާޅުވިއެެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ގޭގައި ކުދިން ތިބޭއިރު އެކުދިން ކުރަނީ ކޮން ކަމެއްތޯ ބެލުމަށް ސަމާލުކަން ދޭންޖެހޭކަމަށެެވެ.

"ވަރަށް ބޮޑަށް ސަމާލުކަން ދޭން މުހިއްމު ކުދިން ބަލަނީ ކޯޗެއްތޯ، ޓީވީންވެސް ބަލަނީ ކޯޗެއްތޯ، އިންޓަނެޓުންވެސް ބަލަނީ ކޯޗެއްތޯ، ކޮންކަހަލަ މައުލޫމާތެއްތޯ ކޯވިޑް19- އާ ގުޅިގެން މި ކުދިންނަށް މި ލިބެނީ. އެއީ އޭގެ ތެރޭގަ އެންމެ މުހިއްމު ކަމަކީ އެކުދިންނަށް އެބަ އެނގެންޖެހޭ މީ މީ ވަކި ގިންތިއަކަށް ވަކި ފަންިތައަކަށް ވަކި ރަށަކަށް މި ނިސްބަތްވާ ބަޔަކަށް ޖެހޭ އެއްޗެއް ނޫންކަން. ކޮންމެ ބަޔަކަށްވެސް މި ބަލި ޖެހިދާނެކަން." ފަޒްނާ ވިދާޅުވިއެވެ.ކޮވ

ބަލި ޖެހުމަކީ ގޯސް ކަމެއް ކަމަށާއި ބަލިޖެހޭ މީހުންނާ ތަފާތު ކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނައިދިނުމަށް ފަޒްނާ އެދިވަޑައިތެވެ. އެކަކު އަނެކަކަށް އަޅާލުމާ އިހްސާންތެރިމާ އެމީހާއަށް އެހީތެރިވުން މުހިއްމުކަން ކުޑަ ކުދިންނަށް ވިސްނައިދިނުމަށް ވެސް ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.