އާފަތިސް ބަދިގެ: އެގްނޮގް ފްރެންޗް ޓޯސްޓް

ބޭނުންވާނެ ބާވަތްތައް:

3 ކުކުޅު ބިސް

2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

2 ޖޯޑު އެގްނޮގް (ވިޕިންކްރީމާއި ހަކުރު އަޅައިގެން ގިރާފައި ހުރި ބިސް)

½ ސައިސަމުސާ ފޮނިތޮށި

½ ސައިސަމުސާ ތަކޫވައް

1 ސައިސަމުސާ ވެނީލާ އެސެންސް

ލޮނުކޮޅެއް

8 ފޮތި ޕާން

ބަޓަރުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ފުން ތަވައެއް އުދައި ހޫނުމިން މެދު މިނުގައި ބަހައްޓާށެވެ.

ޕާން ނޫން ހުރިހާ ބާވަތެއް ފުން ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ.

ދެން ތަވަޔަށް މޭޒުމަތީ ސަމުސަލެއްގެ ބަޓަރު އަޅައި، ބަޓަރު ރަނގަޅަށް ވިރުވާށެވެ.

ދެން ބިހުގެ ތެރެއަށް ޕާންފޮތިތައް ގަންބާލުމަށްފަހު ފޯކުރާށެވެ. ރަނގަޅަށް ފޯވުމުން ތަވަޔަށް އަޅައި 4 މިނެޓު ނޫނީ ފަސް މިނިޓެ ވަރު ފިހޭށެވެ. ހުރިހާ ޕަން ފޮއްޗެއް ފިހެވުމުން މައްޗަށް ހަކުރުކޮޅެއް ފުރާނާލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.