ޢުމުރުން ދުވަސްވީމީހުންގެ މެދުގައި ކޮވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ ސާރވޭއެއް ފަށްޓަވައިފި

ޢުމުރުން ދުވަސްވީމީހުންގެ އެކްޓިވް ސަރވައިލެންސް ގެ މަސައްކަތް ފަށްޓަވައިފައިވާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިރޭގެ ޕްރެސް ކޮންފަރެންސް ގައި އައިޖީއެމްއެޗްގެ ޑޮކްޓަރ އިބްރާޙީމް އަފްޒަލް ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންގެ  އެކްޓިވް ސަރވައިލެންސެއް ބޭނުންވާ މައިގަނޑު ސަބަބަކީ ހައިރިސްކް ގްރޫޕްގެ ތެރެއިން ޢުމުރުން ދުވަސް ވީމީހުންގެ މެދުގައި މާލޭގައި ބަލި އޮތީ ކިހާވަރަކަށްތޯ ދެނެގަތުން ކަމަށެވެ.  އެގޮތުން މިސާވޭއަކީ ހައިރިސްކް މީހުންގެ މެދުގައި ބަލި ފެތުރޭ މިންވަރު ދެނަހަތުމަށް ހިންގާ ސާރވޭގެ ބައެއްކަމަށެވެ.

ހައިރިސްކް މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި މާބަނޑު މީހުންނާއީ ތޮއްޖެހިފައިވާ ގިނަ ބަޔަކު އެއްތަނެއްގައި އުޅޭ ތަންތަނުގައި އުޅޭ މީހުންވެސް ހިމެނެއެވެ.

ރެންޑަމް ސާމްޕަލް ނަގައިގެން ޓެސްޓް މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ. އެގޮތަށް ނެގޭ ސާމްޕަލް ތަކުގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.

މިހާތަނަށް ރާއްޖެއިން 904 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި ހިމެނެނީ 304 ދިވެހިންނާއި 495 ބިދޭސީންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.