މާލޭގައި ތާށިވެފައި 5000 އަށްވުރެ ގިނަ މީހުން އެބަތިބި

ފުރަބަންދުކުރުމާއި ގުޅިގެން ރަށައް ނުދެވި ތިބި މީހުންގެ އަދަދު 5000 އަށްވުރެ ގިނަކަމަށް އިން ހާމަކުރައްވައިފިއެވެ. މި އަދަދު ލިބިފައިވަނީ ފުރަބަންދުކުރުމާއި ގުޅިގެން ޖެންޑާ މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީއާއި، ޕޮލިސްގެ އިތުރުން އެމްއެންޑީއެމްއަށް ނަން ހުށަހެޅުމުން، އެ ތަންތަނަށް ލިބިފައިވާ ނަންތަކުގެ ލިސްޓުތައް އެއް ކުރުމުންނެވެ. މާލެ ފުރަބަންދުކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ ޝަކުވާތައް ކައުންސިލްތަކަށާއި، ޖެންޑާރ މިނިސްޓްރީ، އަދި އެމްޑީއޭގެ އިތުރުން އެހެން އެޖެންސީ ތަކަށް ވަނީ ލިބިފައެވެ. މި ލިސްޓުތައް ވެރިފައިކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި، ޖެންޑާރ މިނިސްޓްރީއާއި ކައުންސިލްތަކުން ދަނީ ކުރަމުންނެވެ.  

މިކަމާއި ގުޅިގެން ހާލަތު ދަށް ފަރާތްތަށް ރަށައް ފޮނުވުމަށް އިސްކަންދީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަން ކުރުމުގައި އަމަލުކުރާނެ މިންގަނޑު ވަނީ ޖެންޑާރ މިނިސްޓްރީގެ ފަރާތުން ނެރެވިފައެވެ. އަދި ތާށިވެފައި ތިބި މީހުންގެ ތަކުލީފު ހުރި މިންވަރަކުން ތަރުތީބު ކުރެވި ލިސްޓެށްހަދައި އެ ލިސްޓާއި އެއްގޮތަށް މީހުން ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި މިކަން ކުރުމަށް ފުރަބަންދު ކޮމިޓީއެށް ވަނީ އެކުލަވާލެވިފައެވެ. އެކޮމިޓީގެ ބެލުމުގެ ދަށުން އެންމެހާ އެޖެންސީތަކެއް އެކުލެވޭގޮތަށް މި މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޖެންޑާރ މިނިސްޓްރީގެ މިންގަނޑުގައިވާގޮތުން، އެންމެ ބޮޑުށް އިސްކަންދޭނީ ޒަރޫރީ ބޭނުމަކަށް ދެތިން ދުވަހަށް މާލެއައުމާއެކު ފުރަބަންދުވުމާއި ގުޅިގެން ތާށިވި މީހުންނަށެވެ. އަދި ރިސޯޓުތަކުގެ ކަރަންޓީނު މުއްދަތު ނިމިގެން ފުރަބަންދުއައުމާއި ގުޅިގެން ތާށިވި މިހުންނަށް އިސްކަން ދިނުމަށްވެސް މި މިންގަނޑުގައި ވެއެވެ.

މާލެ ފުރަބަންދުކުރުމާއި ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުންގެ ތެރެއިން ނަންނޯޓު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ  ރަށްރަށުން ބޭސްފަރުވާއަށް މާލެ އައިސްފައި ތިބި 1444 ބޭފުޅުންނާއި ، އަދި ރިސޯޓު މުވައްޒަފުންގެ ތެރެއިން ރަށައް ދިޔުމަށްޓަކައި މާލެ އެރިތަނުން މާލެ ފުރަބަންދުވުމާއ ގުޅިގެން ރަށަށް ނުދެވި ތިބި 363 މީހުންނެވެ. މީގެ އިތުރަށް މަލޭގައި އުޅުއްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލުނު މީހުންނާއި ، އާމްދަނީ ދަށްވުމާއި ގުޅިގެން ގެއިން ނުކުނަން ޖެހުމާއި އެހެނިހެން ބައިވަރު ސަބަބުތަކާއި ހުރެ ރަށައް ދިޔުމަށް3258  ފަރާތެށް މިވަގުތާއި ހަމައަށް ރިކޯޑުކުރެވިފައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.