ކާބުލްގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި 16 މީހުން މަރުވެެއްޖެ

މިއަދު ނަންގަހާރްގައި އޮތް ޖަނާޒާއަކަށް ދިން ހަމަލާއެއްގައި 24 މީހުން މަރުވެފައިވޭ

Smokes rises from a hospital after gunmen attacked in Kabul, Afghanistan, Tuesday, May 12, 2020. Gunmen stormed the hospital in the western part of the Afghan capital on Tuesday, setting off a gun battle with the police, officials said. (AP Photo/Rahmat Gul)

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުގައި ހުންނަ ސަރުކާރު ހޮސްޕިޓަަލަކަށް ހަތިޔާރުއެޅި ބަަޔަކު ދިން ހަމަލާއެއްގައި 16 މީހުން މަރުވެއްޖެއެެވެ. މަރުވި މީހުންެގެ ތެރޭގައި އަލަށް އުފަންވި ތުއްތު ދެ ކުދިންނާއި، 4 މައިންނާއި، ބައެއް ނަރުހުން ހިމެނެއެވެ. މި ހަމަލާގައި 15 މީހަކަށް އަނިޔާވެފައި ވާއިރު، 100 އެއްހާ މީހުން ވަނީ ރައްކާތެރިކަމާއެކު އެ ތަނުން  ބޭރަށް ގެންދެވިފަައެެވެ.

މިއަދު ހެނދުނު 10 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 10:30) ހަމަލާދީފައި ވަނީ ސަރުކާރުން ހިންގާ 100 އެނދުގެ ބާރްޗީ ނޭޝަނަލް ހޮސްޕިޓަަަލަށެވެ. މި ހޮސްޕިޓަލުގެ މެޓާނިޓީ ކްލިނިކް ހިންގަނީ ފްރާންސްގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ޑޮކްޓާސް ވިތައުޓް ބޮޑާސްއެެވެ.

ހަަތިޔާރުއެޅި ހަނގުރާމަވެރިން ހޮސްޕިޓަލުގެ ތެރެއަށް ވަދެގަތީ މައި ދޮރާށި ކައިރީ ބޮމެއް ގޮެއްވާލުމަށް ފަހުއެވެ. ސަލާމަތީ ބާރުތަކުން ސަރަހައްދު ބަންދުކޮށް ހަމަލާ ދިން މީހުން ހުއްޓުވަން ކުރި މަސަައްކަތުގައި ދެފަރާތުގެ ދެމެދުގައި އެތައް ގަޑިއިރަކަށް ހަމާލަތައް ބަދަލުކުރެވުނެވެ.

ސަލާމަތީ ބާރުތަކުން ހޮސްޕިޓަލްގެ ކޮންޓުރޯލު ހޯދީ ހަމަލާދިން ތިން ހަނގުރާމަވެރިން މަރާލުމަށް ފަހުއެެވެ. އެ މީހުން ތިބީ ފުލުހުންގެ ޔުނިފޯމު ލައިގެން ކަމަށް ޚަބަރުލިބެއެވެ.

މަރުވި ގިނަ މީހުންނަކީ މެޓާނިޓީ ވޯޑުގައި ތިބި މީހުން ކަމަށް ވާތީ، ލަފާކުރެވެނީ މި ހަމަލާ އަމާޒުވެފައި ވަނީ އެ ހޮސްޕިޓަލުގައި މެޓާނިޓީ ކްލިނިކް ހިންގާ ޑޮކްޓާސް ވިތައުޓް ބޯޑާސް ޖަމްއިއްޔާއަށް ކަމަށެވެ. މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، ޠާލިބާން ވަނީ މި ހަމަލާގައި އެ ޖަމާާއަތުގެ އަތެއް ނުވާކަަމަށް ބުނެފައެވެ.

އަނެއްކޮޅުން ނަންގަހާރް ޕްރޮވިންސުގައި މިއަދު ކުރިއަށް ދިޔަ، ރޭ ނިޔާވި ފުލުސް ކޮމާންޑަރެއްގެ ޖަނާޒާއަށް ދިން ހަމަލާއެއްގައި 24 މީހުން ވަނީ މަރުވެފައެވެ. މިއަދު ހެނދުނު 11 ޖެހިއިރު (ރާއްޖަޭ ގަޑިން ހެނދުނު 11:30) ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ޕްރޮވިންސުގެ ކައުންސިލް މެންބަރު ލާލާ ޚާން ހިމެނެއެވެ. މި ހަމަލާގައި ޒަޚަމްވި 68 މީހުންެގެ ތެރޭގައި ކައުންސިން މެންބަރުންނާއި، އަފްޣާން ގާނޫނުހަދާ މަޖިލީހުގެ މެންބަރުންެވެސް ހިމެނެއެވެ.

މި ހަމަލާގައި ވެސް ޠާލިބާން ގެ އަތެއް ނުވާކަމަށް އެެ ޖަމާއަތުން ވަނީ ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.