އައްޑޫ އިން ޕޮޒިޓިވް ވީ 43 އަހަރުގެ ފިރިހެނެއް

އައްޑޫ  ސިޓީ އިން ކޮވިޑަށް ޕޮޒިޓިވް ވީ 43 އަހަރުގެ ފިރިހެނެއް ކަމަށް  އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އައޖީއެމްއެޗް އަށް ގެންދެވުނު 43 އަހަރުގެ  ފިރިހެނެކެވެ. މި މީހާއަކީ މާރިޗު 10 ގައި މާލެއިން އައްޑޫއަށް އައި މީހެކެވެ. މި މިމީހާއަށް ބަލި ޖެހުނީ މާލެއިން ކަމަށް ނުވަތަ އައްޑޫގައި ވިލީ ފެތުރުމަށް ކަމަށް އަދި ސާފެއްނުވާ ކަމަށް އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިގު ވިދާޅުވިއެވެ. މިބަލިމީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އައީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިތުގެ މައްސަލައަކާއި ގުޅިގެންނެވެ. އޭނާގެ ބައެއް ޓެސްޓުތައް އޭއީއެޗްގައި ހެދުމަށްފަހު އިތުރު ޓެސްޓުތަކެއް ހެދުމަށްޓަކައި މާލެ ބަދަލުކުރެވުނެވެ. އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް މި މީހާ ޓެސްޓުކުރެވުނީ ރޫޓިންގެ ދަށުންނެެވެ. މިމީހާގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެށް ރެއިން ފެށިގެން އެހިސާބަށް ފެނިފައި ނުވެއެވެ. އެހެންކަމުން އޭނާއަށް ޖެހިފައިވަނީ މި ބަލީގެ އެސިމްޕްޓޮމެޓިކް ވައްތަރެވެ.

މިކަމާއި ގުޅިގެން އައްޑޭ ސިޓީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ބަލިމީހާއަށް ފަރުވާދިން 5 ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން ވަނީ އައިސޮލޭޓް ކުރެވިފައެވެ. މީގެއިތުރަށް، ބަލިމީހާ މާލެ ގެންދިޔުމުގައި އެހީތެރިވެދެއްވި އެމްބިއުލޭންސް ސްޓާފްއާއި އެއާރޕޯޓުގެ މުވައްޒަފުން ވެސް އައިސޮލޭޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބަލިމީހާއާ ސީދާ ދިމާވި 26 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އޭއީއެޗް ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވިއެވެ. އަދި އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސާދާތު ވިދާޅުވިއެވެ. ޕޮޒިޓިވް ވި މީހާއަށް ބަލި ޖެހުނީ ކިހިނެއްތޯއާއި ވިލީ ފެތުރުމެއް އޮތްތޯ ބެލުމަށް ސާރވައިލެންސް ސާރވޭ ކުރިޔަށް ދާނެކަމަށް ސާދާތު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.