އާދީއްތަ ދުވަހު ރާއްޖެއަށް 18 ވެންޓިލޭޓަރު ގެންނަނީ

އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް 18 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް އިނަރ މޯލްޑިވްސްގެ އެމްޑީ މުޙައްމަދު ފިރާގް ވިދާޅުވެއްޖެއެވެ. މި ވެންޓިލޭޓަރުތައް ރާއްޖެ ގެންނަނީ ސްރީލަންކަން ކާގޯ ފްލައިޓަކުންނެވެ. 

ސްރީލަންކަންގެ ލޯކަލް އޭޖެންޓު، އިނަރ މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ފިރާގު ވިދާޅުވީ މެޑްޓެކް މޯލްޑިވްސްގެ ފަރާތުން ރާއްޖެ ގެންނަ ވެންޓީލޭޓަރު ތަކުގެ ތެރެއިން 10 ވެންޓިލޭޓަރެއް މިއަދު ގެންނަ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ކަމަށެވެ. ނަމަވެސް ޖާގައިގެ ދަތިކަމާ ހުރެ މިއަދު އެ ވެންޓިލޭޓަރުތައް ނުގެނެވޭ ކަމަށެވެ، އެހެންކަމުން އިސްކަން ދެވޭ ތަކެތީގެ ތެރޭގައި ހިމަނައިގެން އަންނަ އާދީއްތަ ދުވަހުގެ ފްލައިޓުން ޖުމުލަ 18 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ. 

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށމާ ގުޅިގެން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ރާއްޖެ ގެނައުމަށް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މެޑްޓެކް މޯލްޑިވްސް އަކީ ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރެވިފައިވާ ފަރާތެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.