ތަށިބަރި ބަދަލުކުރާނަމަ ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް

މިއީ ރޯދަ މަހަށް ވެފައި އެއް ގެއިން އަނެއް ގެއަށް ތަށިބަރި ގެންދާނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިދުވަސްވަރު އެއްގެއިން އަނެއްގެއަށް ތަށިބަރި ގެންދާކަން ފާހގަކުރެވޭ ކަމަށެވެ. ތަށިބަރި ގެންދިއުން މަޑުޖައްސާލުމަށް ނުވަތަ ކޮންމެހެން ގެންދަން ޖެހިގެން ނޫނީ އެއްގެއިން އަނެއް ގެއަށް ތަށިބަރި ނުގެންދިއުމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. 

އަފްޒަލް ވިދާޅުވީ ބަލިޖެހިފައި ހުރިކަން ނޭނގޭ، ނުވަތަ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން އުޅޭކަމަށެވެ. އެހެންކަމުން ތަށިބަރި އެއް ގެއަށް ގެނައި ނަމަވެސް ބޭރުން ގެންނަ އެހެން އެއްޗެއްސާ މެދު އަމަލުކުރާ އުސޫލުން އަމަލު ކުރުމަށެވެ. އެގޮތުން ގެންނަ އެއްޗެހި ވަގުތުން އެހެން އެއްޗަކަށް ހުސްކުރުން ނުވަތަ ރަނގަޅަށް ދޮވެލުން މުހިއްމު ކަން ފާހަގަކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.