ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދިޔުމަށް ހަމަޖެހިފައިވާ މަނަވަރު މާލޭ އަތުވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އިންޑިއާއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަނަވަރު މަލޭގައި ބަނދަރުކޮށްފިއެވެ. މި މަނަވަރަކީ ސުމަޓްރާސެޓޫގެ ނަމުގައި އިންޑިއާގައި ކުރިޔަށްދާ ޕްރޮގްރާމުގެ ދަށުން އެކި ޤައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އެމީހުންގެ ޤައުމުތަކަށް ގެނައުމަށް އައި މަނަވަރެކެވެ. މިމަނަވަރުގައި ރާއްޖޭގައި ތިބި 700 އާއި ގާތްކުރާ އަދަދެއްގެ އިންޑިއާ ރައްޔިތުން އަނބުރާ އިންޑިއާއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އިންޑިއާ މީހުންނާއިގެން މި މަނަވަރު  ފުރަތަމަ  ދިޔުމަށް ހަމަޖެހިފައިވަނީ ކޮޗިންނަށެވެ. އިންޑިއާއިން ވަނީ މީގެ ކުރިން އިޓަލީ އަދި ޗައިނާގައި ތިބި އިންޑިއާ ރައްޔިތުން

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ މިކަމުގައި ރާއެޖެ އިން ފޯރުކޮށްދޭ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށާއި، އެމްއެންޑީއެފްއާއި، ދިވެހި ފުލުހުންނަށާއި، އިމިގްރޭޝަން އަދި ކަސްޓަމްސްއަށް ޝުކުރުއަދާކޮށްފައެވެ. އެކޮމޝަނުން ވިދާޅުވިގޮތުގައި މާދަމާ މި މަނަވަރުގައި އިންޑިއާއަށް ދާންބޭނުންވާ މީހުންގެ ޕާސްޕޯޓުތައް މިއަދު ރާއްޖޭގެ އިމިގްރޭޝަން އިން ވަނީ ދޫކޮށްފައެވެ.އަދި ޕާސްޕޯޓު ގެއްލިފައި ނުވަތަ ހަލާކުވެފައި ނުވަތަ  އެކްސްޕަޔާރ؟ ވެފައިވާ މީހުން ވީހާވެސް އަވަހަކަށް ހައިކޮމިޝަނަށް ދިޔުމަށް ވަނީ އަންގާފައެވެ. ރާއްޖޭގައި ތިބި އިންޑިއާގެ މީހުންގެ ތެރެއިން 52 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.އިންޑިއާގައި ޕޮޒިޓިވްވި އަދަދު ވަނީ 52،952 އަށް އަރާފައެވެ. އަދި އަންޑިއާގެ ލޮކްޑަައުން މުއްދަތުވަނީ މޭއި 17 އާއި ހަމައަށް އިތުރުކޮށްްފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.