ކޯވިޑް ޖެހުނު މީހުންގެ އަދަދު 618 އަށް އަރައިފި

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 618 އަށް އަރައިފިއެވެ. ކޯވިޑްގެ މިއަދުގެ އަދާހަމަ އާއްމުކޮށް އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މިއަދުގެ 4:30 އާ ހަމައަށް އިތުރު 44 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. އެއީ ބަނގްލަދޭޝްގެ 34 މީހަކާއި އިންޑިއާގެ 2 މީހަކާއި އަދި ދިވެހީންގެ 8 މީހަކެވެ.

ވޭތުވެދިޔަ ދެތިން ދުވަހަކު ބަލިޖެހުނު މީޙުން ފެނުނުލެއް މަދު ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާ އަކީ އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހޭނެ ކަމަށް އެޗްޕީއޭ އިން އަންދާޒާ ކުރާ ދުވަސްވަރެވެ. އެންއީއޯސީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ތަކުރާރުކޮށް އެކަން ފާހަގަކުރައްވައެވެ. އަދި  މަދުން ކޭސް ފެންނަނީ ނަތީޖާ ނުލިބި ގިނަ ސާމްޕަލްތަކެއް ހުރުމާއި، ބަލި ޖެހޭ މީހުންނާއި ދިމާވާ މީހުން  ހޯދައި ޓެސްޓު ހެދުން ކުރިއަށްދާތީ ކަމަށް ޑރ. އަފްޒަލް ފާހަގަކުރައްވައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.