ކައުންސިލްތައް ދެމި އޮންނާނެ ގޮތަށް ހުށަހެޅި ބިލް މަޖިލިހުން ބަލައިގެންފި

ޤާނޫނު އަސާސީ އިޞްލާހު ނުކޮށް ކައުންސިލްތައް ދެމި އޮންނާނެ ގޮތަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިގެންފި އެވެ. މިބލް މަޖިލީހުން ބަލައިގަތީ 53 މެމްބަރުން ގެ އަޣްލިބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓް ދެއްވީ ހަ މެމްބަރުންވެ. ވަކި އަތަކަށް ޖެހިވަޑައި ނުގެން އެއް މެމްބަރު ވޯޓް ދެއްވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ކައުންސިލްތަކުގެ ދައުރު ހަމަވަން ވާއިރަށް އާ ކައުންސިލްތައް އިންތިޚާބު ނުވެ އަންނާނެ ޤާނޫނީ ހުސްކަމަކަށް ފަރުވާއެއް ހޯދައި ދިނުމުގެ ގޮތުން ހުށަހަޅައިފައިވާ ބިލެކެވެ. މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ޖޫން ތިނަކަށް ހަމަވާނެއެވެ. މެމްބަރ ހަސަންގެ ބިލް އެކުލަވާލައްވައިފައިވަނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ. އެ ދެ އަސާސަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ވެސް މައިގަނޑު އަސާސް ކަމަށް އެނާ ވިދާޅުވިއެވެ. ފުރަތަމަ އަސާސަކީ ލާމަރުކަޒީ އުޞޫލުން ހިންގުމެވެ. ނުވަތަ މަރުކަޒީ ނުކުރުމެވެ. ދެވަނަ އަސާސަކީ އިންތިޚާބުކޮށްފައިވާ ބަޔަކު ތިބެގެން ހިންގުމުމެވެ. އައްޔަން ކޮށްފައިވާ ބަޔަކަށް ނުވުމެވެ.

މަޖިލީހުން ބިލް ބަލައިގަތް ނަމަވެސް ބިލާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ. އެމެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޤާނޫނު އަސާސީ އިޞްލާހުކޮށްގެން ނޫނީ ޤާނޫނީ ޙައްލެއް މައްސަލައަކަށް ނުލިބޭނެއެވެ. މަޖިލީހުގައި އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތްއިރު އެމްޑީޕީގެ ގިނަމެމްބަރުންގެ ޚިޔާލު ހުރީ މެމްބަރ ޙަސަންގެ ބިލުން މައްސަލައަށް ޙައްލު ހޯދުމަށެވެ. ބިލް ދިރާސާ ކުރާނީ ލާމަރުކަޒީ ކޮމެޓީންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.