އެޗްޕީއޭގެ ވެބްސައިޓު ހެކު ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް: މިނިސްޓަރ މަލީހް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައެންސް އެންޑް ޓެކްނޮލޮޖި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓު ހެކުކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. 

"މި ނާޒުކު ދަނޑިވަޅުގައި އެޗްޕިއޭގެ ވެބްސައިޓު ހެކު ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް" މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ އަމަލު އެންމެ ހަރުކަށީ އިބާރާތުން ކުށްވެރިކުރާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަހުގީގީ އިދާރާތަކާ ގުޅިގެން މިކަން ތަހުގީގުކުރައްވާނެ ކަމަށެވެ. މިހާރު ތަހުގީގު ފެށިގެން ކުރިއަށްދާ ކަމަަަށް ވެސް ވިދާޅުވިއެވެ.

އެޗްޕީއޭގެ ވެބްސައިޓު ހެކުކޮށްފައިވަނީ މިއަދުއެވެ. ވެބްސައިޓު ހެކުކޮށް ކޯވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް،  ސަރުކާރަށް އިންޒާރުދީ ވެބްސައިޓުގައި މެސެޖު ޝާއިއުކޮށްފައިވެއެވެ. މިހާރު ވެބްސައިޓުވަނީ ޑައުންކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.