ހެލްތު މިނިސްޓަރާއި އެންއީއޯސީގެ ޓީމެއް ނަރުދޫގައި

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި އެންއީއޯސީގެ ޓިމު ށ.ނަރުދޫގައި (ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް)

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނާއި ނެޝެނަލް އެމަޖެންސީ ސެންޓަރުގެ ޓީމެއް މިއަދު ށ.ނަރުދޫއަށް ހިނގައްޖެއެވެ. މި ޓީމުގައި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދާއި ކޯވިޑް ޓެގް ޓީމުގެ ފަރާތުން ޑރ. ޢަލީ ލަޠީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރް ބައިވެރިވެވަޑައިގަންނަވައެވެ. މި ބޭފުޅުން ނަރުދޫއަށް ވަޑައިގެންނެވީ ރައީސުލްޖުމުހޫރިއްޔާގެ އެންގެވުމުގެ މަތިންނެވެ. 

މި ބޭފުޅުން ނަރުދޫއަށް ވަޑައިގެންނެވީ މާލެ ފިޔަވައި ކޯވިޑް ޖެހުނު އެންމެ ގިނަ މީހުން ފެނުނު ރަށް ކަމަށްވެފައި، ވިލީ ފެތުރުމެއް ފެށިދާނެކަމަށް ފެންނާތީ އެކަމުގެ އިންތިޒާމުތައް ހުރިނެތް ގޮތް ބެއްލެވުމަށެވެ. އެގޮތުން މިހާރު ހެދިފައި ހުރި ތަންތަން އިންސްޕެކްޓް ކުރެއްވުމާއި، ރަށުގެ ޓާސްކްފޯހާއި މަޝްވަރާކުރައްވައި ކުރިއަށް އޮތް ތަނަށް ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލެވިފައިވާ ގޮތް ބެއްލެވުމެވެ. 

ނަރުދޫ އަކީ މާލެ ފިޔަވައި ކޯވިޑަށް ޕޮޒިޓިވް ވި މީހުން އެންމެ ގިނައިން ފެނުނު ރަށެވެ. މިހާތަނަށް 11 މީހަކު ނަރުދޫ އިން ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.